އަހުމަދު މަސްނޫމް   6 އޯގަސްޓު 2023 - 11:51
ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެނޑިޑަސީ ފޯމް ހުށަހަޅުއްވައިފިއެވެ.

ރައީސް ޞާލިޙްގެ ފަރާތުން ކެނޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒާއި، ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.

ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އެމްޑީއޭ، އަދާލަތު އަދި އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ގާނޫނުގައިވާ ގޮތުން ރައީސްކަމަށް ވާދަކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ ކެނޑިޑަސީ ފޯމާއި މެދު 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވަންޖެހެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާ ހަމަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު