އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން، އީސީން ނިންމީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވެ ރައީސް ޔާމިންގެ ކެންޑިޑެސީ މައްސަލަ މިއަދު ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގ ކެންޑިޑެސީ ބަލައި ނުގަތުމަށް ނިންމި ނިންމުން ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ފުރަތަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އީސީން ނިންމި ނިންމުން ރަނގަޅު ކަމަށް ސްޕްރީމް ކޯޓުން ނިންމީ އެކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުންގެ ރަޢުޔު އިއްވުމަށް އުއްތަމަ ފަނޑިޔާރު ފުރުސަތު ދެއްވުމުން ފުރަތަމަ ރަޢުޔު އިއްވެވީ ފަނޑިޔާރު ހުސްނުއް ސުޢޫދެވެ. ސުޢޫދުގެ ރަޢުޔުގައި މައިގަނޑު ގޮތެއްގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް ނިންމި ގާނޫނީ ސަބަބުތަކަށް ތާޢީދު ކުރަށްވާފައެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އުއްތަމަ ފަނޑިޔާރު ވެސް ތާއީދު ކުރެއްވީ ސުޢޫދުގެ ރަޢުޔަށެވެ. އަދި ބެންޗްގެ އެހެން ފަނޑިޔާރުންނަށް ރަޢުޔު ހުށައެޅުއްވުމަށް ފުރުސަތު ދެއްވުމުން ހުރިހާ ފަނޑިޔާރުން ވެސް ވަނީ ސުޢޫދުގެ ރަޢުޔަށް ތާއީދު ކުރަށްވާފައެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރު ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ނިންމައި މައްސަލައިގެ ހުކުމް އިއްވަވާފައެވެ.
ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށައެޅީ ހުސްވި ހަފްތާގެ އާދީއްތަ ދުވަހުއެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އީސީން ނިންމީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ތަންފީޒުކުރަމުން ދާކަމަށާއި އެ ހުކުމާއެކު ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން ސާބިތު ދަރަންޏެއް ނުދައްކާ އޮތް ކަމަށް އެނގެން އޮތުމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި 12 މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި އެފަދަ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެހުކުން ތަންފީޒްކޮށް ނިމިފައިވާ ނުވަތަ މައާފު ދިންތާ 3 އަހަރު ވެފައިވުމާއި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ނުދައްކައި އޮތް މީހެއްކަމުގައި ނުވުން ހިމެނެއެވެ. މި ޝަރުތުތައް ޔާމިންގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީން ނިންމާފައިވާ ނިންމުމަށް ސްޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު