މިރެއާއި މާދަމާވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާފާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ސަމާލުވުމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އެއޮތޯރިޓީން ކޮށްފައިވާ އިލްތިމާސްގައި ވާގޮތުން މިރެއާއި މާދަމާގެ ބައެއް ވަގުތުތަކުގައިވެސް މާލެ، މާލެ ހުޅުލެ ހައިވޭ ހިމެނޭ ސަރަހައްދާއި ހެންވޭރުކޮޅަށް އުދައެރުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން ޢާންމު ރައްޔިތުންގެ ފުރާނައާއި މުދަލަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރެއެވެ.
ސިނަމާލެ ބްރިޖަށް އުދަ އަރައި، ބައެއް އުޅަނދުތަކަށާއި، މީހުންނަށް މިއަދުވަނީ އަނިޔާވެފައެވެ. ހުޅުމާލެއިން ސިނަ މާލެ ބްރިޖަށް އަރަން އޮންނަ ދިމާއިން ސައިކަލުގައި ބަޔަކު ދަތުރުކުރަމުން ދަނިކޮށް އެރި ރާޅަކާއި އެކުގައި އެމީހުން ވެއްޓިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.
ފުލުހުން ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުން ދުއްވާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިރެއާއި މާދަމާވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެުދައަރާފާނެކަމަށް @MetMaldives އިން މައުލޫމާތުދެއްވާ.. އެހެންކަމުން ދިޔަވަރު ބޮޑުވާގަޑިތަކުގައި އުދައަރައިގެން ޢާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރައްވާ pic.twitter.com/nUMvM8X1oM
— NDMA Maldives (@NDMAmv) August 5, 2023
ސިނަމާލެ ބްރިޖަށް އުދަ އަރައި، ބައެއް އުޅަނދުތަކަށާއި، މީހުންނަށް މިއަދުވަނީ އަނިޔާވެފައެވެ. ހުޅުމާލެއިން ސިނަ މާލެ ބްރިޖަށް އަރަން އޮންނަ ދިމާއިން ސައިކަލުގައި ބަޔަކު ދަތުރުކުރަމުން ދަނިކޮށް އެރި ރާޅަކާއި އެކުގައި އެމީހުން ވެއްޓިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.
ފުލުހުން ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުން ދުއްވާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު