މާލޭ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި މެދު، އާންމުންނަށް ފެންނަނީ ވަރަށް ބޭއަދަބީކޮށް ކަންތައް ކުރައްވާ ތަން ކަމަށް ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޒައިދު މިހެން ވިދާޅުވީ ރައީސް ޔާމިން އަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ހާލަތުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަނޑަަައަޅާފައިވަނިކޮށް ޕީޕިއެމްގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ނެރެން ނިއްމި މައްސަލަ އާއި ގުޅިގެންނެެވެ. ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ފެންނަ މަންޒަރަކީ ގަން ހިންގުވަން އުޅޭ މަންޒަރު ކަމަށެވެ. ޕްލޭން އޭ، ބީ އަދި ސީ ނުކިޔުމަށާއި މީހަކު ދަށް ކޮށްްލުމުގައިވެސް ވަކި ހައްދެއް އޮންނަންވާނެ ކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ޑރ. މުއިއްޒު އާއި މެދު އެއްވެސް ރަހުމެއް ނުބަހައްޓަވަނީ ކީއްވެތޯ ޒައިދު ސުވާލު ކުރެެއްވިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ޕީޕިއެމުން މިހާރު ބުނަމުންދަނީ ޑރ.މުއިއްޒަކީ ޕްލޭން ސީ ކަމަށާއި އިންތިހާބުގައި ރައީސް ޔާމިން އަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕިއެމްގެ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ.

ޕްލޭން ABC ކިޔުއްވާނެ ކަމެއް ނެތް! ޢާންމުންނަށް ފެންނަނީ ވ ބޭއަދަބީކޮށް ޑރ.މުޢިއްޒާއި މެދު ކަންތައް ކުރެވޭތަން! ހަމަ ސީދާ ގަންހިންގުވަން ކުރާ މަސައްކަތް މިހާރު ފެންނަމުން ދަނީ! ދަށްކޮށްލުމުގައިވެސް ޙައްދެއް އޮންނަންވާނެ ކަމުގައި ދެކެން! ކީއްވެތޯ ޑރ.މުޢިއްޒާމެދު މިހާ ރަޙުމެއްނެތީ؟
— Ali Zaid (@alizaid1000) August 5, 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ޕީޕިއެމުން މިހާރު ބުނަމުންދަނީ ޑރ.މުއިއްޒަކީ ޕްލޭން ސީ ކަމަށާއި އިންތިހާބުގައި ރައީސް ޔާމިން އަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕިއެމްގެ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު