ބްރިޖުން އަރާ ފައިބާ ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ބޮޑަށް އުދަ އަރަމުން ދާތީ މާލެއާއި ހުޅުމާލެއާ ދެމެދު ސައިކަލުގައި ދަތުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އުދަ އެރުން ހުއްޓެން ދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް އެދޭ ކަމަށެވެ. އަދި ޒަރޫރީ ދަތުރެއް ނަމަވެސް ހަތަރު ފުރޮޅުލީ އުޅަނދުގައި ކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.
ފުލުހުން އެގޮތަށް އެދިފައިވާއިރު ބްރިޖް ސަރަހައްދަށް އެރި ބިޔަ ބޮޑު ރާޅާއެކު ބްރިޖުން ފޭބި އުޅަނދުތައް ވެސް ރާޅާއެކު ކަހާލައިގެން ބިން މައްޗަށް ވެއްޓި ބަޔަކަށް އަނިޔާ ލިބޭ މަންޒަރު ފެންނަ ވީޑިއޯ އެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.
ފުލުހުން ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުން ދުއްވާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު