އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ނޫން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއްކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ޙާލަތެއް މެދުވެރިވުމުން އެކަނި ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ޕީޕީއެމުން ވަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސްޕްރީމް ކޯޓުގައި އެދިފައިވާކަން ފާހަގަކޮށްފައެވެ.
ޕީޕީއެމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ރައީސް ޔާމީނަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި ޕީޕީއެމުން، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް ބައެއް ނޫސްތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.
ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޑރ.މުއިއްޒު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވާނީ، ޕީޕީއެމަށް ކުރިމަތިލުމުގެ ފުރުސަތު ކޯޓުން ނުދީފިނަމަ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު