އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ ރަނިންމޭޓްކަމަށް އަދީލް ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކުރާނީ މިރޭ ބާއްވާ ހާއްސަ ޖަލްސާއެއްގައެވެ.
ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮށްފައިވާ އަދީލްއަކީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ އިތުރުންވެސް، އެހެން ބައެއް ސްކޫލްތަކުގައި އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.
2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދީލް ވަނީ އަމިއްލަ ގޮތުން ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް ގޮނޑި ކާމިޔާބުވެފައެއް ނުވެއެވެ.
ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ބޭފުޅަކު ހަމަޖައްސާފައިވާއިރު ރައީސް ސާލިހުގެ ރަނިން މޭޓަކަށްވެސް ހަމަޖައްސާފައިވަނީ އައްޑޫ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއިން ރިޔާސީ ކެނޑިޑޭޓަކަށްވެސް އައްޔަންކޮށްފައިވަނީ އައްޑޫ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، ފުވައްމުލަކަށް ނިސްބަތްވާ ކުރީގެ ނައިބު ރައިސް ޑރ. ޖަމީލަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓެވެ. އަދި ހުވަދޫއަށް ނިސްބަތްވާ މެމްބަރު ހުސައިން މުހައްމަދު ލަތީފަކީ ޕީއެންސީގެ ކެނޑިޑޭޓް މުއިއްޒުގެ ރަނިންމޭޓެވެ.

ކިޔުންތެރިންގެ ހިޔާލު