ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައިވާކަމުގެ މައުލޫމާތު ލިިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހުގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖެއްސިކަން އެމްޑީޕީން މިހާރު ވަނީ އޭނާއަށް އަންގާފައެވެ. އަދި އިންތިހާބުގައި ވާދަކުރުމަށް އަސްލަމް ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރައީސް ސާލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖައްސާފައިވާކަމަށް މައުލޫމާތު ލިބުނަސް އެމްޑީޕީން މިކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯމަ ދުވަހު ހަމަވާއިރު، މާދަމާ ނޫނީ މިއަދު ކެންޑިޑޭޓުންނާއި ރަނިންމޭޓުން ކަށަވަރުވެގެންދާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގިނަ ފަރާތްތަކަކުން އިއުލާންކޮށްފައި އޮތްަނަމަވެސް، ފޯމް ހުށަހެޅީ ރައީސް ޔާމީން އެކަންޏެވެ. ނަމަވެސް އެމަނިކުފާނުގެ ކެންޑިޑަސީ ބަލައިނުގަތުމުން، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެެވެ.

ކިޔުންތެރިންގެ ހިޔާލު