އަލްނޫރު ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އަލްނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން ލިބެން ހުރިއިރު، އެސްޓީއޯއިން ވަނީ އަލްނޫރު ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އަލްނޫރު ހޯލްސޭލް އަދި ރީޓެއިލްއަށް ހާއްސަ ކޮށްގެން ފެށި މި ޕްރޮމޯޝަން 2 އޯގަސްޓު 2023 އިން ފެށިގެން މިއަހަރު ގެ ނިޔަލަށް ކުރިޔަށް ދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް ރީޓެއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެއެވެ. އަދި ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕަރޝެފް މަޔޮނައިސް ކޭހެއް ލިބޭނެއެވެ.

ހަމަ މިޕްރޮމޯޝަނުގެ ދަށުން ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެއެވެ އަދި މީގެ އިތުރުން ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބިގެން ދާނެއެވެ.

އެސްޓީއޯގެ ރީޖަނަލްސް ފިހާރަތަކުގައިވެސް ކުރިޔަށް ދާނެ މި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިންފަރާތަކަށް 5000 ރުފިޔާގެ މުދާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އަލް ނޫރު ހިކި ކިރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކި ކިރުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް ވީހާވެސް އަގުހެޔޮކޮށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން