ކުދި ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަކީ އިސްރާފެއް ނޫންކަން ރައްޔިތުންެ ގަބޫލުކުރާކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެދުނީއްސުރެ ޕާޓީގެ މަސައްކަތުގައި އުޅުއްވާ އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީން ވަކާލާތުކުރާ "ޖަޒީރާ ރާއްޖެ" ސިފަ ނުގެއްލޭ ގޮތަށް ރަށްރަށަށް ތަރައްޤީ ގެނައުމަކީ 2008 ގެ އެމް.ޑީ.ޕީ ސަރުކާރުގެވެސް ސިޔާސަތެއް ކަމަށެވެ.
ނިޔާ ވިދާޅުވީ ކުދި ރަށްތަކުގައި ފެނާއި، ނަރުދަމާ،.ބަނދަރު ހެދުމަކީ އިސްރާފެއްކަމަށް އެމްޑީޕީން ނުދެކޭކަން ރައްޔިތުން ގަބޫލުކުރާކަން ހާމަވާކަމަށެވެ.
"މިއަދު ކުދި ރަށްތަކުގެ ފެނާ، ނަރުދަމާ، ބަނދަރު ހެދުމަކީ އިސްރާފެއްކަމަށް ދުށުމަކީ އެމް.ޑީ.ޕީ ގެ ސިޔާސަތެއް ނޫންކަން ކެންދޫ ދާއިރާ ރައްޔިތުން ދެކޭ،" ބ. އަތޮޅުގައި ކެމްޕެއިންގައި މިހާރު އުޅުއްވާ ނިޔާ ވިދާޅުވިއެވެ.
ނިޔާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ކުޑަ ރަށެއް ތަފާތުނުކޮށް ތަރައްގީ ކުރާ ސިޔާސަތަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ފާޑު ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެގޮތުން އެ ބޭފުޅުން ގެންދަވަނީ އެކިއެކި ފޯރަމްތަކުގައި ކުދި ކުދި ރަށްރަށުގައި އަސާސި ހިދުމަތްތައް ގާއިމްކުރާތީ އެކަމަށް ފާޑު ކިޔަމުންނެވެ.

ޖަޒީރާ ރާއްޖެ ސިފަ ނުގެއްލޭ ގޮތައް ތަރައްޤީ ގެނައުމަކީ 2008 ގެ އެމް.ޑީ.ޕީ ސަރުކާރުގެވެސް ސިޔާސަތު.މިއަދު ކުދި ރަށްތަކުގެ ފެނާ،ނަރުދަމާ،ބަނދަރު ހެދުމަކީ އިސްރާފެއްކަމަށް ދުށުމަކީ އެމް.ޑީ.ޕީ ގެ ސިޔާސަތެއް ނޫން ކަން ކެންދޫ ދާއިރާ ރައްޔިތުން ދެކޭ.#Ibu2023 #UfaaveriAmaanRaajje pic.twitter.com/nMILjyTVbu
— Ali Niyaz 🎈 (@ali_niya) July 29, 2023
ނިޔާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ކުޑަ ރަށެއް ތަފާތުނުކޮށް ތަރައްގީ ކުރާ ސިޔާސަތަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ފާޑު ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެގޮތުން އެ ބޭފުޅުން ގެންދަވަނީ އެކިއެކި ފޯރަމްތަކުގައި ކުދި ކުދި ރަށްރަށުގައި އަސާސި ހިދުމަތްތައް ގާއިމްކުރާތީ އެކަމަށް ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު