ހުޅުމާލެގައި ޖުމުހޫރީ ޕާޓީގެ "ދެކުނު ކެމްޕެއިން އޮފީސް" ހުޅުވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ދެކުނު ކެމްޕެއިން އޮފީސް ހުޅުވައިދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހާއްސަ މަންދޫބު އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރ، ކުރީގެ އެމްޕީ އިލްހާމް އަހުމަދުއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރިޔާސީ ވައުދުތައް ޕްރޮމޯޓްކޮށް، ތާއީދު އިތުރުކުރުމުގެ މަސައްކަތަށް ގާއިމްކުރި "ދެކުނު ކެމްޕެއިން އޮފީސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ޕާޓީގެ ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.
މި އޮފީހަކީ ހުޅުމާލެގައި ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، ވަރުގަދަކުރުމަށް ހުޅުވި އޮފީހެކެވެ. މި އޮފީހުގެ ސަބަބުން ހުޅުމާލެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑަައިގަންނަވާ މެމްބަރުންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށް ދެކުނު ކެމްޕެއިން ޓީމުން ބުނެެެއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން މެނޭޖަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްއެވެ. އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.
އިލްހާމް މެނޭޖްކުރައްވާ ދެކުނުގެ ކެމްޕެއިން ދާއިރާގެ ތެރޭގައި ހިމެނެނީ މާލޭގެ އެއް ބަޔާއި ވ އަތޮޅުން ފެށިގެން އައްޑީ ސިޓީއާ ހަމައަށެވެ.
އިލްހާމާއި އޭނާގެ ޓީމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯއްދެވުމަށް މާލޭގެ އިތުރުން ދެކުނުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރައްވަމުންނެވެ. އެ ދަތުރުތަކުގައި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ ރަށްރަށް ބޭނުންވާ ކަންކަމާއި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ރަށްރަށާއި ދާއިރާތަކަށް އަންނާނެ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތު ދަނީ ހިއްސާކުރަމުންނެވެ.
ކެމްޕެއިން ދަތުރުތަކުގައި ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ދަނީ ގުޅެމުންކަމަށް، ޖުމްހޫރީ ޕާޓީގެ ދެކުނު ކެމްޕެއިން ޓީމުން ބުނެެެއެވެ.

ޖޭޕީގެ ރިޔާސީކެންޑިޑޭޓް @qasimibrahim ގެ ރިޔާސީ ކެމްޕެއިން.
— Qasim2023 (@qasim2023mv) July 29, 2023
ޖުމުހޫރީ ޕާޓީގެ ހުޅުމާލެ ދެކުނު ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން#Qasim2023 pic.twitter.com/vyYdmIBpPW
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން މެނޭޖަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްއެވެ. އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.
އިލްހާމް މެނޭޖްކުރައްވާ ދެކުނުގެ ކެމްޕެއިން ދާއިރާގެ ތެރޭގައި ހިމެނެނީ މާލޭގެ އެއް ބަޔާއި ވ އަތޮޅުން ފެށިގެން އައްޑީ ސިޓީއާ ހަމައަށެވެ.
އިލްހާމާއި އޭނާގެ ޓީމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯއްދެވުމަށް މާލޭގެ އިތުރުން ދެކުނުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރައްވަމުންނެވެ. އެ ދަތުރުތަކުގައި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ ރަށްރަށް ބޭނުންވާ ކަންކަމާއި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ރަށްރަށާއި ދާއިރާތަކަށް އަންނާނެ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތު ދަނީ ހިއްސާކުރަމުންނެވެ.
ކެމްޕެއިން ދަތުރުތަކުގައި ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ދަނީ ގުޅެމުންކަމަށް، ޖުމްހޫރީ ޕާޓީގެ ދެކުނު ކެމްޕެއިން ޓީމުން ބުނެެެއެވެ.
ކިޔުންތެރިންގެ ހިޔާލު