އަހުމަދު މަސްނޫމް   29 ޖުލައި 2023 - 23:6
ޖަޕާނުގެ ހާރިޖީ ވަޒީރު ހަޔާޝީ ޔޮށިމަސާ ރާއްޖެ ވަޑައިގެންފިއެވެ.

ޖަޕާނުގެ ހާރިޖީ ވަޒީރު ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޖަޕާނުގެ ހާރިޖީ ވަޒީރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލްއެވެ.



ޖަޕާނުގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މާލެ ވަށައި ތޮށިލުމަށް ހިންގާފައިވާ ޕްރޮޖެކްޓްގެ މޮނިއުމަންޓާއި ޖަޕާނުގެ އެހީގައި ބިނާކޮށްފައިވާ ކަލާފާނު ސްކޫލަށްވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު