މިނިވަން ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވާ މިރޭ ހުޅުވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްކުގައި ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވާ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙެވެ. ކާނިވާ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ ކާނިވަލުގައި ގާއިމްކޮށްފައިވާ އެކި ސްޓޯލް ތަކަށް ޒިޔާރަތް ކުރަށްވައި އެތަންތަން ބައްލަވާލައްވާފައެވެ.
ހޯމް މިނިސްޓްރީއާއި އާބަންކޯ އިން އިންތިޒާމްކުރި އެ ކާނިވަލުގައި އާންމުންނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ކާނިވަލްގައި ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް ކުރިއަށް ގެންދާނެ ކަމަށް އެހަރަކާތް އިންތިޒާމްކުރި ހޯމް މިނިސްޓްރީ އާއި އާބަންކޯ އިން މައުލޫމާތުދެެއެވެ.
މީގެއިތުރުން މި ކާނިވަލުގައި މިރޭ 09:30 ގައި 08 މިނެޓަށް ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަލިމަސް އުފާ ކާނިވާ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެރޭގެ ނިޔަލަށެވެ.

މިނިވަންއުފާ2023: ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިނިވަންއުފާ ކާނިވާ ހުޅުއްވައިދެއްވައިފި. މި ކާނިވާ އޮގަސްޓް 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ.#MinivanUfaa2023 @presidencymv @hdcmaldives @Dhiraagu @OoredooMaldives pic.twitter.com/QdJOAIXIU1
— Home Ministry, MV (@HomeMinistrymv) July 29, 2023
ހޯމް މިނިސްޓްރީއާއި އާބަންކޯ އިން އިންތިޒާމްކުރި އެ ކާނިވަލުގައި އާންމުންނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން އުފާ ކާނިވާ 2023 ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވުން. ހުޅުމާލެ ސެންޓްރަލް ޕާރކްގައި އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކާނިވާ ކުރިއަށްދާނެ. ކާނިވާ ކުރިއަށް ގެންދަނީ އާބަންކޯއާ ގުޅިގެން. @hdcmaldives #Minivanufaa2023 pic.twitter.com/Hun2d8EpKi
— Home Ministry, MV (@HomeMinistrymv) July 29, 2023
އެގޮތުން ކާނިވަލްގައި ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް ކުރިއަށް ގެންދާނެ ކަމަށް އެހަރަކާތް އިންތިޒާމްކުރި ހޯމް މިނިސްޓްރީ އާއި އާބަންކޯ އިން މައުލޫމާތުދެެއެވެ.
މީގެއިތުރުން މި ކާނިވަލުގައި މިރޭ 09:30 ގައި 08 މިނެޓަށް ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަލިމަސް އުފާ ކާނިވާ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެރޭގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު