އިންތިހާބު އޮންނަ އަހަރުގެ ޖެނުއަރީމަހު ރިޔާސީ ކެނޑިޑޭޓުން އިއުލާންކުރަންޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައި، ޕާޓީތަކުން އެކަމަށް ތައްޔާރުވަމުންދަނިކޮށެވެ.
ރީކޯ މޫސަ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮންނަ އަހަރުގެ ޖެނުއަރީމަހު ޕާޓީތަކުން ނެރޭނެ ކެނޑިޓޭޓުންނާއި ރަނިންގ މޭޓުން އެޕާޓީއެއްގެ އެންމެ މަތީ މަޖިލީހުގު މަޝްވަރާގެ މަތިން ކަނޑައަޅާ އިލެކްޝަން ކޮމިޝަނަށް ނަން ފޮނުވަންޖެހޭނެކަމަށެވެ.
މޫސަ ވިދާޅުވީ މިގޮތަށް ކަންކަން ކުރެވޭނެ ގޮތަށް ޤާނޫނު އިސްލާޙުުކުރަންވެއްޖެކަމަށެވެ. މޫސާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ މައްސަލައިގައި ތަޅާފޮޅުން ބޮޑުވެ، ޕާޓީތައް ފުނޑެމުންދާކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ބައެއް ޕާޓީތަކުން ވަނީ ކެނޑިޑޭޓުން ކަނޑައަޅާފައެވެ. ނަމަވެސް އަދި އެއްވެސް ޕާޓީއަކުން ކެނޑިޑަސީ ފޯމް ހުށަހަޅާފައެއް ނުވެއެވެ.

ރިޔާސީއިންތިޚާބުއޮންނަ އަހަރުގެ ޖެނުއަރީމަހު ޕާޓީތަކުން ނެރޭނެ ކެންޑިޓޭޓުންނާ ރަނިންގ މޭޓުން އެޕާޓީގެމަތީމަޖްލީހުން ނިންމާގޮތެއްގެމަތިން ކަނޑައަޅާ އިލެކްޝަންކޮމިޝަނަށް ނަންފޮނުވަން ޤާނޫނު އިސްލާޙުުކުރަންވީ އެކަމަކާ ދަހިވެފަތިބޭބައެއްގެތަޅާފޮޅުމުގަ ޕާޓީ ތަށްފުނޑެނީ
— Moosa Maniku (Reeko) (@ReekoMoosa) July 29, 2023
މޫސަ ވިދާޅުވީ މިގޮތަށް ކަންކަން ކުރެވޭނެ ގޮތަށް ޤާނޫނު އިސްލާޙުުކުރަންވެއްޖެކަމަށެވެ. މޫސާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ މައްސަލައިގައި ތަޅާފޮޅުން ބޮޑުވެ، ޕާޓީތައް ފުނޑެމުންދާކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ބައެއް ޕާޓީތަކުން ވަނީ ކެނޑިޑޭޓުން ކަނޑައަޅާފައެވެ. ނަމަވެސް އަދި އެއްވެސް ޕާޓީއަކުން ކެނޑިޑަސީ ފޯމް ހުށަހަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު