ހއ. ކެލާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ފޭސް 2 ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫޢުގެ މަސައްކަތް ނިންމާލާފައިވަނީ މި ޖުލައި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 12،768 ކިއުބިކް މީޓަރުގެ ސަރަހައްދެއް ނެރު ފުންކޮށް މޫރިންގް ބޮއި އިންސްޓޯލްކުރުގެ މަސައްކަތްވަނީ ކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ނިންމާފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި 30 މީޓަރުގެ ބްރޭކްވޯޓާ ހެދުމާއި، 220 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރު އެއްގަމު ތޮށި ހެދުމާއި، އެއްގަމު ތޮށި ވަށައިގެން 1،445 ސްކުއެއާ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 18 ލައިޓް ޖެހުމުގެ އިތުރުން 4 ފްލޯޓިން ލައިޓް ބޮއި ހަރުކުރުން ހިމެނެއެވެ.
އެމްޓީސީސީއަށް ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓަކީ 17.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓު ނިންމުމަށް ދީފައިވަނީ 410 ދުވަހެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި 30ގައި ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހުއެވެ.
އެމްޓީސީސީން މިހާރުވެސް ގެންދަނީ ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

We have successfully completed Phase Two of the harbor construction project in Ha. Kelaa on 9th July 2020. Ha. Kelaa harbor construction project consists of 3,496 cubic meters of maintenance dredging and 12,768 cubic meters of channel dredging. (1/3) pic.twitter.com/plvfzsKVxC
— MTCC Plc (@MTCCPlc) July 11, 2020
މި މަޝްރޫޢުގެ ދަށުން ނިންމާފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި 30 މީޓަރުގެ ބްރޭކްވޯޓާ ހެދުމާއި، 220 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރު އެއްގަމު ތޮށި ހެދުމާއި، އެއްގަމު ތޮށި ވަށައިގެން 1،445 ސްކުއެއާ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 18 ލައިޓް ޖެހުމުގެ އިތުރުން 4 ފްލޯޓިން ލައިޓް ބޮއި ހަރުކުރުން ހިމެނެއެވެ.
އެމްޓީސީސީއަށް ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓަކީ 17.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓު ނިންމުމަށް ދީފައިވަނީ 410 ދުވަހެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި 30ގައި ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހުއެވެ.
އެމްޓީސީސީން މިހާރުވެސް ގެންދަނީ ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

MAR
HAI
PAR
ކިޔުންތެރިންގެ ހިޔާލު