އަންނަ ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެެޓްސްގެ ފަރާތުން ވާދަ ކުރައްވާނެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހޮވިވަޑައިގެންފިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަށް ކަށަވަރުވީ މިއަދު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާފައިވަނީވެސް އޭނާ އެކަންޏެވެ.
ދަ ޑިމޮކްރެޓްސްގެ އަސާސީ ޤަވާއިދުގައި އޮންނަގޮތުން ޕްރައިމަރީއަށް އެންމެ ބޭފުޅަކު ކުރިމަތިލައްވައިފިނަމަ ރިޔާސީ ޓިކެޓް ދޭންޖެހޭނީ ފެންނަ ނުފެންނަ ޕްރައިމަރީއެއް ބާއްވައިގެނެވެ.
މިއަދު މެންދުރު 2:00 އިން ހަވީރު 4:00 އަށް އެ ޕާޓީގެ ޕްރައިމަރީ ބޭއްވިއިރު، 3203 މީހަކު ވަނީ ވޯޓްލާފައެވެ. އޭގެތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ނުވަތަ 3041 ވޯޓް އިލްޔާސް ވަނީ ހޯއްދަވާފައެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބު ކަށަވަރުކުރައްވާފައި ވީނަަމަވެސް އޭނާއަށް ރަސްމީކޮށް ޓިކެޓް އަރުވާނެ ދުވަހެއް ނޭނގެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޕާޓީއަކުން ފޯމް ހުށަހަޅާފައެއް ނުވެއެވެ.

The Democrats ge riyaasee ticket kashavaru kuravvaa adhi Maaiy Allah ge iraadhafulhaa eku September 2023 ge riyaasee inthikhaab ves kaamiyaab kuravvaane @ilyas_labeeb ah varah bodah marhaba
— Mohamed Nasheed (@MohamedNasheed) July 28, 2023
މިއަދު މެންދުރު 2:00 އިން ހަވީރު 4:00 އަށް އެ ޕާޓީގެ ޕްރައިމަރީ ބޭއްވިއިރު، 3203 މީހަކު ވަނީ ވޯޓްލާފައެވެ. އޭގެތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ނުވަތަ 3041 ވޯޓް އިލްޔާސް ވަނީ ހޯއްދަވާފައެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބު ކަށަވަރުކުރައްވާފައި ވީނަަމަވެސް އޭނާއަށް ރަސްމީކޮށް ޓިކެޓް އަރުވާނެ ދުވަހެއް ނޭނގެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޕާޓީއަކުން ފޯމް ހުށަހަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު