ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންގ މޭޓް އިއުލާންކުރުން މާދަމާރޭ އޮންނާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް ސާލިހުގެ ރަނިންމޭޓް އިއުލާންކުރުން އޮންނާނީ މާދަމާރޭ ފުވައްމުލަކު ސިޓީގައި ބާއްވާ ޖަލްސާގައިކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެމްޑީޕީން ރަސްމީކޮށް މިކަން ހާމަކޮށްފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ރައީސް ސާލިހުގެ ރަނިންމޭޓަކަށް ހަމަޖައްސަން ނިންމާފައިވަނީ މިހާރުވެސް އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.
ފައިސަލް ނަސީމް ވަނީ ރައީސް ސާލިހާއެކު ރިޔާސީ ދެވަނަ ދައުރަކަށް ވަޑައިގަތުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރަށްވާފައެވެ.
މިއަހަރުގެ އިންތިހާބުގައި ގިނަ ކެނޑިޑޭޓުންތަކެއް ވާދަކުރާނެކަން ހާމަކޮށްފައިވިޔަސް، ގިނަ ބޭފުޅުން މިހާތަނަށް ރަނިންމޭޓެއް ކަނޑައަޅުއްވައި އިއުލާން ކުރަށްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު