އާދަޔާއި ޚިލާފު ބާުރު މިނެއްގައި ރޯގާ ފެތުރެމުންދާއިރު ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްކޮޅު ކުޑަކުދިންގެ މެދުގައި އާދަޔާ ހިލާފު ބާރު މިނެއްގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންދާތީ، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
ޕީޕީއެމުން ބުނީ ރޯގާއެއް ފެތުރެމުންދާއިރުވެސް ކުޑަކުދިން އާއްމުކޮށް އެއްވާ ޒާތުގެ ކަންކަން ކުރަމުން ގެންދިއުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ކުރަމުންގެންދާ ކަމެއްކަމަށެވެ. އަދި މިނިވަން ދުވަހުގެ ކުޅިވަރުތަކާއި ފްލޯޓަށް ތައްޔާރުވެފައިވީނަމަވެސް، ފެތުރެމުންދާ ރޯގާއަށް ލުޔެއް ލިބެންދެން މިދުވަސްކޮޅު މަޑުކޮށްލުމަކީ ދިވެހި ރައްޔިތުންނާއި ކުޑަ ކުދިންގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން ރޯގާއަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖެއްސުމަށާއި އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް ޕީޕީއެމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މާލޭގައި ރޯގާއެއް ފެތުރެމުންދިޔަަނަމަވެސް އެކަމާއި ގުޅޭ މާބޮޑު ތަފްސީލްތަކެއް ހާމައެއް ނުކުރެއެވެ. އެޗްޕީއޭއިން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ނަޫސް ބަޔާން pic.twitter.com/gnfQtDwywR
— Progressive Party of Maldives (@ProgressPartyMV) July 28, 2023
މީގެއިތުރުން ރޯގާއަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖެއްސުމަށާއި އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް ޕީޕީއެމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މާލޭގައި ރޯގާއެއް ފެތުރެމުންދިޔަަނަމަވެސް އެކަމާއި ގުޅޭ މާބޮޑު ތަފްސީލްތަކެއް ހާމައެއް ނުކުރެއެވެ. އެޗްޕީއޭއިން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު