އެހެން ޕާޓީތަކަށް ޕޯސްޓަރު ހަރުކުރަން ކައުންސިލުން ހުއްދަ ނުދީ، ވަކި ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓްގެ ޕޯސްޓަރު މާލޭގައި ހަރުކުރަން ހުއްދަ ދިނުމަކީ މައްސަލައެއްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އޭޖެންޓް އުޝާމް މިހެން ވިދާޅުވީ މާލޭގެ ހުސް ބިންތަކުގައި ރައީސް ޔާމީންގެ ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރަމުންދާތީ، އެކަމާއި އޭނާ ނުރުހުން ފާޅުކުރިކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ ރައީސް ޔާމީންގެ ޕޯސްޓަރ ޖަހާތީ އެއްވެސް ނުރުހުމެއް ނެތްކަމަށާއި ހަމަ ގިނައިން ޕޯސްޓަރު ހަރުކުރަންވީކަމަށެވެ.
އުޝާމް ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ އެހެން ޕާޓީތަކަށް އެފުރުސަތު ނުދޭތީކަމަށެވެ. އަދި އެމްއެންޕީން މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަށް އެދި ސިޓީލައިގެން އުޅޭތާ 45 ދުވަސްވެއްޖެކަމަށާއި ނަމަވެސް އަދިވެސް ޖަވާބެއް ނުދޭކަމަށެވެ. މީގެއިތުުރުން މިހަފްތާގައިވެސް ސިޓީއެއް ލާފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އަދިވެސް ހުއްދަ ލިބޭ ގޮތް ވެފައި ނުވާކަމަށް އުޝާމް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ޕޯސްޓަރ ޖަހާތީ އަޅުގަނޑުގެ އެއްވެސް ނުރުހުމެއް ނެތް. އަދިވެސް ގިނައިން ޖަހަންވީ. އަޅުގަނޑުގެ ކަންބޮޑުވުމަކީ އެހެން ޕާޓީތަކަށް އެފުރުސަތު ނުދޭތީ. އެމްއެންޕީން މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަށް އެދި ސިޓީލައިގެން އުޅޭތާ 45 ދުވަސްވެއްޖެ. އަދި ޖަވާބެއް ނުދޭ. މިހަފްތާގަވެސް ސިޓީއެއް ލައިފިން. އަދި ހުއްދަ ލިބޭ ގޮތެއް ނުވޭ،" އުޝާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އެކި ޕާޓީތަކުން ދަނީ ޕޯސްޓަރާއި ބެނާ ހަރުކުރަމުންނެވެ. މިގޮތުން ވަރަށް ފަހުންވެސް މާލޭގައި ވަނީ ރައީސް ޔާމީންގެ ބޮޑު ޕޯސްޓަރެއް ހަރުކޮށްފައެވެ. ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުން އޮތީ ޝައްކެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު