ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދާ ގޮތާއިމެދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގައި ކުރިން އިސްކޮށް އުޅުއްވި މެމްބަރުންތަކެއް އުފައްދައިގެން އުޅުއްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ، އެހެންކަމުން އެ ޕާޓީން މިއަދު ބާއްވާ ޕްރައިމަރީގައި ކުރިއަށްދަނީ ފެންނަ ނުފެންނަ ވޯޓުލުމެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފާޑު ވިދާޅުވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ "އިސްތިއުފާ ދެއްވި ރައީސް"ގެ ޑިމޮކްރަސީގެ އާދަކާދަ އާއި އެއްގޮތަށް ކުޑަ ކާފު ބޮޑު ކާފުގެ ދުވަހެއްކަމަށެވެ.
މޫކޭ ވިދާޅުވީ ގިނަ ރަށްރަށުގައި ވޯޓްލުން ކުރިއަށްނުދާކަމަށާއި، އެ ރަށްރަށުގައި އޮތީ ނަތީޖާ ޝީޓް ހެދުންކަމަށެވެ. އަދި ލިސްޓުގައި ނެތް ބޭފުޅުން ގުޅާލާފައި ބުނުމުންވެސް ވޯޓްލެވޭކަމަށްވެސް މޫކޭ ތުހުމަތުކުރެއްވިއެވެ.
މޫކޭ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީއާ ދުރަށްދާންޖެހުނީ އެކަހަލަ އުސޫލުތައް ނުހިނގާތީކަމަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީއަށް މޫކޭ ފާޑު ވިދާޅުވިނަމަވެސް، އެ ޕާޓީން ބުނަނީ ޕްރައިމަރީ އޮންނަނީ ޕާޓީތަކުގެ އުސޫލާއި އެއްގޮތަށް ކަމަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ޕްރައިމަރީ ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުން ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓަށް ވޯޓްލާ މީހުންގެ މަދުވެގެން 10 އިންސައްތަ ވޯޓު ލިބެންޖެހެއެވެ.

އިސްތިއުފާ ދެއްވި ރައީސްގެ ޑިމޮކްރަސީގެ އާދަކާދަ އާއި އެއްގޮތަށް ކުޑަ ކާފު ބޮޑު ކާފުގެ ދުވަހެއް. ގިނަ ރަށް ރަށުގައި ވޯޓް ލުމެއް ނެތް. އޮތީ ނަތީޖާ ޝީޓް ހެދުން. ލިސްޓުގަ ނެތަސް ގުޅާލާފަ ބުނީމަވެސް ވޯޓް ލައިދޭ. މިކަހަލަ އުސޫލުތައް ނުހިނގާތީ އެމްޑީޕީ އާ ޖެހުނު މައްސަލައެއް ޖެހުނީ. 😁 pic.twitter.com/IbYRGM17R5
— Moosa Ali Manik 🇲🇻 (@VMookey) July 28, 2023
ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީއަށް މޫކޭ ފާޑު ވިދާޅުވިނަމަވެސް، އެ ޕާޓީން ބުނަނީ ޕްރައިމަރީ އޮންނަނީ ޕާޓީތަކުގެ އުސޫލާއި އެއްގޮތަށް ކަމަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ޕްރައިމަރީ ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުން ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓަށް ވޯޓްލާ މީހުންގެ މަދުވެގެން 10 އިންސައްތަ ވޯޓު ލިބެންޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު