މާލޭ ސަރަހައްދުގައި ބައްޔެއް ފެތުރެމުން އަންނަ ކަމަށާއި އެބަލި ފެތުރެން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރޭ ފަތިހުން ފެށިގެން މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހޮޑުލެވި ބޭރަށް ހިންގާތީ މާލޭގައި ހުރި އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ދައްކާފައެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު ގިނަވެ އެ ދެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމު ވެސް ވަނީ ފުރިފައެެވެ.
އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ބުނީ ރެއިން ފެށިގެން ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހޮޑު ލެވޭތީ އެ ދެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން ކުއްލިއަކަށް ގިނަވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ދުވަސްވަރު ހަލުވި މިނުގައި ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ އަންނަނީ ފެތުރެމުންނެވެ.

A sudden increase in diarrhoea and vomiting has been observed in Male' since last night. HPA is working with relevant authorities to identify the cause.
— Health Protection Agency (@HPA_MV) July 28, 2023
އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ބުނީ ރެއިން ފެށިގެން ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހޮޑު ލެވޭތީ އެ ދެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން ކުއްލިއަކަށް ގިނަވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ދުވަސްވަރު ހަލުވި މިނުގައި ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ އަންނަނީ ފެތުރެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު