އެމްޑީޕީގެ މެނިފެސްޓޯ މިހާ ބަރާބަރަށް ތަންފީޒު ކުރި ވެރިކަމެއް ނާންނަ ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ ދާދިފަހުން މިނިސްޓްރީ އޮފް ހެރިޓޭޖް އެންޑް ކަލްޗަރަލްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލޫކަސް ޖަލީލް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަ އަކާއި ގުޅިގެންނެވެެ. އެގޮތުން ލޫކަސް ވިދާޅުވީ މި ސަރުކާރުގެ ހިލޭ ޑިގްރީ އާއި އާރުޓީއެލް ނިޒާމް ރަނގަޅު ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހުރި މާނަވީ ގިނަ ބަދަލުތަކުގެ އެއްްވެސް މިންވަރެއް މި ސަރުކާރަށް ތަންފީޒު ނުކުރެވުނު ކަމަށެވެ.
ލޫކަސްގެ ވާހަކަތަކަށް ރައްދުދެއްވަމުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ، މެނިފެސްޓޯ އާއި ގުޅުން ހުރި ކަމެއް ނަމަ ލޫކަސް ޖަލީލް މަގާމުން އިސްތިއުފާދޭނީ މިއަދަކު ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ހުރި އަސްލު މައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ހިތްވަރު ޕާޓީގެ އެކަކުގެވެސް ނެތް ކަމަށް މޫކޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަސްލު މައްސަލައަކީ އެޕާޓީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނޫންގޮތެއް އެމްޑީޕީން ހޯދަން އުޅުމުން ޖެހިގެން އުޅޭ މައްސަލަ ކަމަށެވެ.
"އަންނި ( ރައީސް ނަޝީދު) ނޫން ގޮތެއް އެމްޑީޕީ ހޯދަން އުޅުން އެއީ ޖެހިގެން އުޅޭ މައްސަލަ، އިތުރު އެއްވެސް ކަމެއް ނެތް، މެނިފެސްޓޯ އެއް މިހާ ބަރާބަރަށް ތަންފީޒުކުރި ވެރިކަމެއް ނާދޭ އަދި،" އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މޫކޭ ވިދާޅުވިއެވެެ.
އެމްޑީޕީގެ ކުރީގެ ރައީސް، މުޙައްމަދު ނަޝީދަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު އެމަނިކުފާނާއި އެމަނިކުފާނަށް ތާއިދު ކުރާ މެމްބަރުންތަކެއް އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެެއް މިހާރު ވަނީ އުފައްދާފައެެވެ. އެޕާޓީގެ ފަރާތުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު