ޖަމުޢިއްޔާތައް އުވާލަން ނިންމިކަން އެނގިވަޑައިގެންނެވީ މީޑިއާއިން ކަމަށާއި އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޖަމުއިއްޔާތައް އުވާލަން ނިންމުމާއި ގުޅިގެންނެވެ. މިގޮތުން ސަލަފް ޖަމުއިއްޔާާއާއި މައުމޫން ފައުންޑޭޝަނުން ވެސް ވަނީ އުވާލަން ނިންމާފައެވެ.
މިކަމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އޭނާއަށްވެސް ފެނުނީ ނޫސްތަކުން ކަމަށެވެ.
މަހްލޫފް ވިދާޅުވީ އުވާލަން ނިންމި ޖަމުއިއްޔާތަކުގެ ތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ވެސް ހިމެނޭކަމަށެވެ. އަދި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައްވެސް ހިމެނޭކަން މަހްލޫފް ފާހަގަކުރެއްވިއެވެ.
މަހްލޫފް ވިދާޅުވީ މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރަމުންދާކަމަށާއި އެކަންކަން ބަލާ ރަނގަޅުކުރުމަށް އަންގާފައިވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ޖަމުއިއްޔާތައް އުވާލުމަށް ނިންމައި، ޔޫތު މިނިސްޓްރީން ނެރުނު އިއުލާންގައި ބުނީ އެ ޖަމުއިއްޔާތައް އުވާލަން ނިންމީ ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީއާއި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީކަމަށެވެ.
މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އަޅުގަނޑަށްވެސް ފެނުނީ ނޫސްތަކުން.
— Ahmed Mahloof (@AhmedMahloof) July 27, 2023
އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ. އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް…
މަހްލޫފް ވިދާޅުވީ މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރަމުންދާކަމަށާއި އެކަންކަން ބަލާ ރަނގަޅުކުރުމަށް އަންގާފައިވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ޖަމުއިއްޔާތައް އުވާލުމަށް ނިންމައި، ޔޫތު މިނިސްޓްރީން ނެރުނު އިއުލާންގައި ބުނީ އެ ޖަމުއިއްޔާތައް އުވާލަން ނިންމީ ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީއާއި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީކަމަށެވެ.
މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު