ޖަމިއްޔަތުއްސަލަފް އުވާލަން ނިންމައި، އެކަން އާއްމު އިއުލާންކޮށްފިއެވެ.
ޖަމިއްޔަތުއްސަލަފާއެކު އިތުރު 1989 ޖަމުއިއްޔާއެއް އުވާލުމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ޖަމުއިއްޔާތައް އުވާލަން ނިންމީ ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީއާއި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީކަމަށެވެ.
މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް އުވާލުމުގެ މަސައްކަތް ހުއްޓާލުމަށް ލިޔުމުން ހުށަނާޅާ ޖަމުއިއްޔާތަކުގެ ނަންތައް އުނިކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ސަލަފް ޖަމިއްޔާ އުވާލަން ނިންމިއިރު، އެ ޖަމުއިއްޔާއަކީ ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް ހިމެނޭ، ހަރަކާތްތެރި ޖަމުއިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު