ރާއްޖޭގެ ފުރަތަމަ "ސްމާޓް ޝޮޕް" އެސްޓީއޯއިން ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.
އެސްޓީއޯގެ ސްމާޓް ޝޮޕް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސައީދާއި އެކުންފުނީގެ އިސް ވެރިންގެ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފިހާރައަކީ އާޓިފިޝަލް އިންޓެލިޖެންސް ވިޝަންއާއި އައިއޯޓީ ސެންސަރުތައް ބޭނުންކޮށްގެން 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފިހާރައެކެވެ. ނަމަވެސް އެ ފިހާރައިން 24 ގަޑިއިރު ހިދުމަތް ދޭން ފަށާނީ އެކަމަށް ބޭނުންވާ ހުއްދަ ލިބުމުންކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީމިފަދަ ސްމާޓު ފިހާރަތައް ރާއްޖެ ހިމެނޭ ސަރަހައްދުގައި ވަރަށް މަދުކަމަށާއި އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފިހާރަތައް ހިންގާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސިންގަޕޫރާއި ދުބާއީ ފަދަ ދުނިޔޭގެ ކުރިއަރާފައި ހުރި ގައުމުތައްކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ފިހާރައެއް ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ އޭއައި ޓެކްނޮލޮޖީއާއެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެކަމަށެވެ.
ސްމާޓް ޝޮޕުން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަން މެދުވެރިކޮށް ޖެނެރޭޓު ކުރާ ކިއުއާރު ކޯޑު ބޭނުން ކޮށްގެން ނުވަތަ ފޭސް ރިކޮގްނިޝަން ފީޗާ ބޭނުން ކޮށްގެންނެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓަރީވުމަށްފަހު އެ ފިހާރައަށް ވަދެ އެމީހަކު ބޭނުންވާ އެއްޗެހި ނަގަމުންދާ ވަރަކުން އެޕްލިކޭޝަނުގެ ކާޓަށް އެ ތަކެތި އިތުރުވަމުންދާނެއެވެ. ވިޔަފާރީގެ މުއާމަލާތް ނިމޭނީ އެމީހަކު ގަންނަން ބޭނުންވާ އެއްޗެހި ހިފައިގެން ފިހާރައިން ބޭރަށް ނުކުތުމުންނެވެ. ފިހާރައިން ނުކުތުމާއެކު އެޕްލިކޭޝަން މެދުވެރިކޮށް ފޯނަށް ރަސީދު ލިބޭނެއެވެ.
އެސްޓީއޯއިން ބުނީ ރާއްޖޭގައި އެފަދަ ސްމާޓް ފިހާރަތައް ހުޅުވުމަށް އެހެން ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެކަމަށެވެ.

— The President's Office (@presidencymv) July 27, 2023

ކިޔުންތެރިންގެ ހިޔާލު