ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ އިޖުތިމާއީ ޖަމްޢިއްޔާ މައުމޫން ފައުންޑޭޝަން އުވާލަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
މައުމޫން ފައުންޑޭޝަން ހިންގަމުން އަންނަތާ 13 އަހަރުވެއްޖެއެވެ. މިއީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށްފަހު އުފެއްދެވި ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާ އުފެއްދެވީ 2010ވަނަ އަހަރުއެވެ. އޭގެފަހުން ޖަމްޢިއްޔާ ފާހަގަކުރެވުނީ ވަރަށް ހަރަކާތްތެރި ޢިލްމީ މަސައްކަތްތަކެއް ކުރަމުންއައި ޖަމްއިއްޔާއެއްގެ ގޮތުގައެވެ.
އެ ޖަމިއްޔާއިން ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމުގެ ޖަލްސާތައް ބޭއްވުމާއި ރާއްޖޭގައި ފާހަގަކުރާ ޤައުމީ ބައެއް ދުވަސްތައް ފާހަގަކުރުމާއި، ދިވެހި ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރުމުގެ އެތައް ފުރުސަތުތަކެއްވެސް މި ޖަމްޢިއްޔާއިން ވަނީ ފަހިކޮށްދީފައެވެ. ގިނަ ޢަދަދެއްގެ ސްކޮލަޝިޕްތައްވެސް ހޯދައިދީފައިވެއެވެ.
އެހެންނަމަވެސް ކޯވިޑް-19ގެ ޙާލަތަށްފަހު މައުމޫނު ފައިންޑޭޝަންގެ ޙަރަކާތްތައް ވަނީ މަޑުޖެހިފައެވެ.
ލިޔެކިޔުން ހަމަނުވާތީ1989 ޖަމުޢިއްްޔާއެއް އުވާލަން ޔޫތު މިނިސްޓްރީން މިހާރުވަނީ ނިންމާފައެވެ. މައުމޫން ފައުންޑޭޝަންވެސް ހިމެނެނީ މި ޖަމްޢިއްޔާތަކުގެ ތެރޭގައެވެ.
އުވާލަން ނިންމުމަށްފަހު އުވާލުމަށް ނިންމި ޖަމްޢިއްޔާތަކަށް އިތުރު ފުރުސަތެއް ދިނުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
މި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، މި ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާތަކުން، އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމައި ޔޫތު މިނިސްޓަރީން އެޖަމުޢިއްޔާތަކުގެ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމުޢިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު