ރައީސް ޔާމީނަށް ތާއީދުކުރަނީ އެއްވެސް ޝަރުތެއް އޮވެގެނެއް ނޫންކަމަށް މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އޭނާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި މިރޭ ދެއްވި ބަޔާނެއްގައެވެ.
މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި އެމަނިކުފާނު މިނިވަންކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދީފައިވާއިރު، އެ ޓިކެޓަށް ނުފޫޒު ފޯރުވޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކައިގެން ނުވާނެކަމަށެވެ. އަދި ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް އޮންނާނެފަދަ ކަމެއްް ކޮށްގެން ނުވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ޕާޓީ ތެރެއިންވެސް ބޭރުން ވެސް ކުރާ އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކުރުމަށް ޝަރުއީ ދާއިރާއަށްވެސް ގޮވާލައްވާފައެވެ. އަދި ސަރުކާރުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށްވެސް މުއިއްޒު ގޮވާލެއްވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމިންފަދަ ގައުމީ ޖޯޝު ހުންނަވާ ބޭފުޅެއް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އޮންނަ ތާއީދާއި ބެހޭގޮތުން މުއިއްޒު ވާހަކަ ދައްކަވާފައި މިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން މުއިއްޒު އުޅުއްވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފެތުރެމިންދާތާ ދުވަސްތަކެއް ވެފައި ވަނިކޮވެ.

ކިޔުންތެރިންގެ ހިޔާލު