ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީީގެ ރިޔާސީ ޕްރައިމަރީ އަންނަ ހުކުރު ދުވަހު އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސް ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލުމުން ނަން ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ.
ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕްރައިމަރީއަށް އެންމެ ފަރާތަކުން ނަން ހުށަހަޅައިފިނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ. އަދި ވޯޓުގައި ބައިވެރިވާ ދިހަ އިންސައްތަ މެމްބަރުންގެ ތާއީދު ލިބެންޖެހެއެވެ.
ޑިމޮކްރެޓްސް ޕާޓީީން ބުނީ ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 6:00އަށް އޮންނާނެކަމަށެވެ. އަދި ޕާޓީގެ 20 މެންބަރުން ތިބި ކޮންމެ ރަށެއްގައި ވޯޓްލުން ކުރިއަށްދާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ވޯޓްލުން އޮންލައިންކޮށްވެސް ކުރިއަށްދާނެކަމަށާއި ޕާޓީއަށް އެ ދުވަހު ވަންނަ ފަރާތްތަކަށްވެސް ޕްރައިމަރީގައި ވޯޓްލެވޭނެކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީން ވަނީ މީގެކުރިން އެހެން ބައެއް ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކޮށްފައެވެ.

ރިޔާސީ ޕްރައިމެރީ ވޯޓުލުން - 28 ޖުލައިވާ ހުކުރު
— The Democrats (@TheDemocratsMV) July 26, 2023
މެންދުރު 2 އިން އިރުއޮއްސި 6 އަށް.
މެންބަރަކަށް އެދުވަހު ވާ މެންބަރުންނަށްވެސް ވޯޓު ލެވޭނެ 🗳️ #WeTheDemocrats #WhyTheDemocrats pic.twitter.com/ml2qfusYWt
ޑިމޮކްރެޓްސް ޕާޓީީން ބުނީ ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 6:00އަށް އޮންނާނެކަމަށެވެ. އަދި ޕާޓީގެ 20 މެންބަރުން ތިބި ކޮންމެ ރަށެއްގައި ވޯޓްލުން ކުރިއަށްދާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ވޯޓްލުން އޮންލައިންކޮށްވެސް ކުރިއަށްދާނެކަމަށާއި ޕާޓީއަށް އެ ދުވަހު ވަންނަ ފަރާތްތަކަށްވެސް ޕްރައިމަރީގައި ވޯޓްލެވޭނެކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީން ވަނީ މީގެކުރިން އެހެން ބައެއް ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު