ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ފަދަ ބައެއް ކަންކަމުުގައި ފަރުވާ ކުޑަކުރާތަން މިހާރު ފެންނަމުންދާކަމަށާއި އެކަމަށް ސަމާލުވާންޖެހޭ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ މިނިވަންކަން ގެއްލިގެންދާ ފަދަ ބައެއް ކަންކަމުުގައި ފަރުވާ ކުޑަކުރާތަން މިހާރު ފެންނަމުންދާ ކަމަށެވެ. އެކަމާ މެދު ރައްޔިތުން ސަމާލުވެ، އެފަދަ ފިކުރުތަކުން ދުރުވާން އިމްރާން ވަނީ ގޮވާލައްވާފައެވެ.
އިމްރާން ވިދާޅުވީ މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެމަތީ އެއްސިފަ ކަމަށެވެ. އަދި އެކަމަށްޓަކައި އިންސާނާގެ މުދަލާއި ފުރާނަ ގުރުބާންކުރާ އެންމެމަތީ ޖައުހަ އަކީވެސް މިނިވަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބައެއްފަހަރަށް މިނިވަންކަމުގެ އުފާ އިހުސާސްކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި، ބަލިކަށިކަމާއި ދެރަކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން ކަމަށެވެ.
"އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ވަކިންބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ. ވަކިވަކި ފަރުދުންނާއި ގައުމުތަކުގެ އަޅުވެތިކަމުން އިންސާނީ މުޖުތަމައުތައް މިންޖުވުމަށް މަސައްކަތްކުރަނީ މިސަބަބާހުރެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތެއް އުޅޭ ގައުމެއް." އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދުގެ އަޅުގަނޑުމެންގެ މިޖީލަށް މިނިވަންކަން އައިސްފައި ވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރާއި އަޒުމާއި، މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުން ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކުކަން މިިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެވަޑައިގެންނެވި އެތައް އަބުތާލުންގެ ޒިކުރާތައް އަޅުގަނޑުމެންގެ ތާރިޚުގެ ފަތްފުށްތަކުން ދިރުވި އާލާކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު އަޅުގަނޑުމެން މިހަނދާންކުރަނީ އެޒިކުރާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫންކަމަށެވެ.
"މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް، އަޅުވެތިކަން ގަބޫލުނުކުރުމާ ދެކޮޅަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި މިނިވަންކަމުގެ ދިފާއުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާންވުމަށްޓަކައި ލޭއޮހޮރުވާލުމަށްޓަކައި ދެވޭ ހިތްވަރެއް. އަދި މިނިވަންކަމުގެ ދިފާއުގައި އެއް އިހުސާސެއް ކުރާ އެންމެން އެކުގައި ގޮވައިގެން ތެދުވާ ހިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާ." ހޯމް މިނިސްޓަރު ވިދާޅުވިއެެވެ.
މީގެ އިތުރުން މިއަދު އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެން ކާބަފައިން ފޯރުކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ބޮޑުވެގެންވާ ޒިންމާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ. މިއަދުގެ ސަރުކާރުން އެޒިންމާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާއި، ހިކުމަތްރެރިކަމާއެކު ނަންގަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޕމިނިސްޓަރ ވިދާޅުވީ މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެކަން އިހުސާސްކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިގުޅުން މިގޮތުގައި ދެމިއޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި އެސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފްވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރެއްވިއެވެ. އަދި ސަލާމަތީ ޚިދުމަތްތަކުން ކުރައްވާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

President @ibusolih presents recipients with the National Award of Honour, the National Award of Recognition, the Special Medal for Memorising the Holy Quran, and the President’s Award for Special Achievement. pic.twitter.com/TzjpSA1IlR
— The President's Office (@presidencymv) July 26, 2023

ކިޔުންތެރިންގެ ހިޔާލު