ބަދިގެތެރޭގައި އެންމެ އުނދަގޫކުރުވާ އެއްކަމަކީ އަވަން ސާފު ކުރުމެވެ. ގައިގައި ހުރި ބާރެއްލައިގެން ނަރުދާގަނޑުން ކާތައި ކާތައި މީހާ ވަރުބަލިވާއިރުވެސް ގިނަފަހަރު އެތަނެއް އެއެއް ސާފެއް ނުވެއެވެ. ދެން ގޭގައި އެންމެ އުނދަގޫ ބޮޑު އަނެއްކަމަކީ ހިންޏާއި މަދިރީގެ މައްސަލައެވެ.

މިދެކަންތައްވެސް ހައްލު ހޯދުމަށް އަންހެންވެރިން ބޭނުންކުރަންވީ އޮރެންޖު ތޮއްޓާއި އެޕަލް ސައިޑަރ ވިނެގަރއެވެ. މިއީ ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މިކަމަށް ހަމައެކަނި ބޭނުންވަނީ އޮރެންޖްތޮށި އަދި އެޕަލް ސައިޑަރ ވިނެގަރގެ އިތުރުން ބޭކިންގ ސޯޑަރ އެވެ. މިތިންބާވަތަކީވެސް ގިނަގޭގެ ބަދިގެއިން އަބަދުވެސް ހުންނަ ބާވަތްތަކެވެ. އެހެންކަމުން އޮރެންޖު ތޮއްޓާއިއެކު އެޕަލް ސައިޑަރ ވިނެގަރ އަކީ ވަރަށްވެސް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. ދެން މިބަލާލަނީ އެޕަލް ސައިޑަރ ވިނެގަ ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

-އޮރެންޖު ތޮށި

-އެޕަލް ސައިޑަރ ވިނެގަރ

-ބޭކިންގ ސޯޑަރ

ތައްޔާރު ކުރާނެ ގޮތް:

ވިނެގަރ އަޅާފައިވާ ފުޅިއަކަށް އޮރެންޖު ތޮށިތައް އަޅާށެވެ. އަދި 5 ދުވަސްވަންދެން ރާކޮށްލަން ބަހައްޓާށެވެ.





ބޭނުން ކުރާނެ ގޮތް:

- އަވަން ސާފު ކުރުމަށް، އަވަންގެ އެތެރެއާއި ބޭރަށް ބޭކިންގ ސޯޑަރ ވިއްސާލާށެވެ. ދެން އޮރެންޖް ތޮށްޓާއެކު 5 ދުވަސްވަންދެން ބެހެއްޓި ވިނެގަރ ފުޅިން ސްޕްރޭކުރެވޭ ހުސްފުޅިއަކަށް އެވަގުތު ބޭނުންވާ ވަރަށް އަޅާށެވެ. އަދި އެއިން، އަވަނުގެ އެތެރެއާއިބޭރަށް ވިއްސާލާފައިވާ ބޭކިން ސޮޑަރ މައްޗަށް ސްޕްރޭކޮށްލާށެވެ. ސްޕްރޭކުރުމަށްފަހު 20 މިނެޓު ވަންދެން ބަހައްޓާށެވެ. ދެން އެއަށްފަހު ސާފުކޮށްލާށެވެ.

- ހިނީގެ އުނދަގުލުން ސަލާމަތްވުމަށް ހިނި އުޅޭ ތަންތަނަށް މިސްޕްރޭކޮށްލާށެވެ. އޮރެންޖު ތޮއްޓަކީ ހިންޏާއި މަދިރިއަށް ވިހައެއްފަދަ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ވިނެގަރ ބޭނުންކޮށްގެން ތަޅުންގަނޑު ސާފުކުރުމުން ބަދިގެތެރޭގައި އުޅޭ ހިނީގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން