ހއ.ދިއްދޫ ބިން ހިއްކައި ނިމޭއިރު، އެރަށުގައި އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ގާއިމު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.ދިއްދޫއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ދިއްދޫގެ ބިން ހިއްކައި ނިމޭއިރު އެއާޕޯޓަކާއި ރަށު ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑް ގާއިމުކުރާމެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ފަސޭހައިން، ކައިރިން ވަޒީފާ ދިނުމުގެ ބޭނުމުގައި ރަށް ކައިރީގައި ޓޫރިސްޓު ރިސޯޓުތައް ވެސް ތަރައްގީކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެެވެ. އެމަނިކުފާނު ވިދާޅުވީ އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޚިދުމަތް ވެސް ދިއްދޫގައި ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ޒުވާނުންގެ މަރުކަޒެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ދިއްދޫ ރައްޔިތުން ތިބޭނުންވާ ހުރިހާ ކަމެއްގައި އަޅުގަނޑުމެން ކުލަ ޖައްސައިދޭނަން، ކަންބޮޑުވެ ނުލައްވާ އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް، އުއްމީދު ކަނޑާނުލައްވާ، އަޅުގަނޑަށް އެނގޭ ރޫޅާއެއް ނުލެވޭނެކަން ދިއްދޫގައި އޮންނާނީ އެމްޑީޕީ،" ރައީސް ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު