ރިޔާސީ ދެވަނަ ދައުރަށް އިންތިހާބުވެވަޑައިގެންފިނަމަ ހއ. ކެލާގައި ބައިނަލްއަގްވާމީ ފެންވަރުގެ ކްރޫޒްލައިން ޓާމިނަލެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ހއ.ކެލާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ކެލައަކީ އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެވޭނެ ރަށެއްނަމަވެސް ކުރީ ސަރުކާރުތަކުން އޮތީ އެ ރަށަށް އަޅާނުލާކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ރަށަށް އިޤްތިޞާދީ ކުރިއެރުން ގެނެސް، ތަރައްޤީކުރަން ޕްލޭންތަކެއް އެބައޮތްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެލައަކީ ޓޫރިޒަމަށް ފަހި ރަށެއްކަމަށާއި އެހެންކަމުން އެރަށަށް ފަސޭހައިން ޕަސެންޖާ ލައިންތަކާއި ޔޮޓުފަހަރަށް އާދެވޭނެ މަގުފަހިވެފައި އޮތުން މުހިންމުކަމަށެވެ. އެހެންކަމުން އެކަން ފަހިކޮށްދެއްވުމުގެ ގޮތުން ޒަމާނީ ކްރޫޒް ޓާމިނަލެއް ކެލާގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކްރޫޒް ޓާމިނަލެއްގެ އިތުރުން މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ހެލްތު ސެންޓަރު ތަރައޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެލާގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށާއި އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ނިމިފައިވާކަމަަށެވެ.
ރައީސް ސާލިހު ހއ އަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައިވާއިރު، އެ ރަށްރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް @ibusolih ގެ ވާހަކަފުޅު ދެއްކެވުން ކުރިއަށްދަނީ.
— MDP Secretariat (@MDPSecretariat) July 20, 2023
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާ ހއ.ކެލާގައި ކުރިއަށް ދަނީ.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/LJVBUUNDjw
ކްރޫޒް ޓާމިނަލެއްގެ އިތުރުން މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ހެލްތު ސެންޓަރު ތަރައޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެލާގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށާއި އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ނިމިފައިވާކަމަަށެވެ.
ރައީސް ސާލިހު ހއ އަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައިވާއިރު، އެ ރަށްރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާއެވެ.
ކިޔުންތެރިންގެ ހިޔާލު