ރިޔާސީ ދައުރު ނިމުމުގެ ކުރިން އިތުރު ފަސް ރަަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ތިލަދުންމަތީ އުތުރުބުރިއަށް ކުރަށްވާ ދަތުރުފުޅެއްގައި އެއަތޮޅު ވެރިކަން ކުރާ ރަށް، ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރަށްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރިޔާސީ ދައުރު ނިމުމުގެ ކުރިން އިތުރު ފަސް ސަރަހައްދެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއާޕޯޓްތައް އެޅުމުގެ ބޭނުމަކީ މުޅިރާއްޖެ އެކީގައި ތަރައްގީ ކުރުން ކަމަށެވެ.
"ތަންކޮޅެއްގައި ކަމެއްކޮށްލައިގެން މި ރާއްޖެ ތަރައްގީ އެއް ނުކުރެވޭނެ، ވިސްނުންތެރިކަމާއެކު ބޮޑު ޕްލޭނެއް އޮވެގެން ތަރައްގީގެ މަޝްރޫއުތައް ނުހިންގޭކަމަށް ވާނަމަ އެއްބަޔަކު ދާނީ ބާކީވެގެން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލައިގެން ތަރައްގީ ގެންނަ ކަމަށް ވާނަމަ ކުދި ރަށްތަކަށް ތަރައްގީ އަންނާނީ ފަނަރަ ވިހި ފަންސަވީސް އަހަރު ފަހުން ކަމަށެވެ. ރާއްޖެ އަކީ ޖަޒީރާ ގައުމަކަށްވާތީ އެއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖެއަކީ ޖަޒީރާ ގައުމެއް، ވަކިވަކިން މީހުން މި ދިރިއުޅެނީ ކުދި ކުދި ރަށްތަކުގައި. އެއްބަޔަކު އަނެއްބަޔަކާއި ގުޅެން އެބަޖެހޭ، މިރަށުގައި ނެތް ހިދުމަތް އަނެއް ރަށުން ލިބެން އެބަޖެހޭ. އެރަށުގައި ލިބެން ނެތް ހިދުމަތް މިރަށުން ލިބޭނެ ގޮތް ހޯދައިދޭންް އެބަޖެހޭ. އެވިސްނުމުގައި އާރުޓީއެލް ނިޒާމުން އަޅުގަނޑުމެން މި ރާއްޖެ ގުޅާލަމުން މިގެންދަނީ،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު