ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރެއްވުމަށް، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ހިޖުރީ އައު އަހަރު 1445 ފެށުމުގެ މުނާޞަބާގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ފޮނުއްވި ޚިޠާބުގައި ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޤްޞަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖުރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންކަން ފާހަގަކުރައްވައި ހިޖުރީ އައު އަހަރެއް ފެށޭ މި މުނާޞަބާ ފާހަގަކުރާއިރު އެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރެއްވުމަށް، ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަމެވެ. މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ." ރައީސްގެ ޚިތާބުގައިވެއެެވެ.
ރައީސްގެ ޚިތާބުގައި ވަނީ ދިވެހި ރައްޔިތުން ހަސަދަވެރިކަމާއި ބައިބައިވުން ދޫކޮށްލައި ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، އިލްތިމާސްކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ މިފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، ދުޢާ ދަންނަވަމުންނެވެ.

މިރޭ މި ފެށުނު އުފާވެރި ހިޖްރީ އާ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ކުރިއަށް މިއޮތް އަހަރަކީ، އަޅުގަނޑުމެންގެ މެދުގައި އުފާވެރިކަމާ އަމާންކަން ފެތުރިގެންދާ އަހަރެއްކަމުގަ ލައްވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) July 18, 2023
"ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަމެވެ. މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ." ރައީސްގެ ޚިތާބުގައިވެއެެވެ.
ރައީސްގެ ޚިތާބުގައި ވަނީ ދިވެހި ރައްޔިތުން ހަސަދަވެރިކަމާއި ބައިބައިވުން ދޫކޮށްލައި ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، އިލްތިމާސްކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ މިފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، ދުޢާ ދަންނަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު