ރާއްޖޭގެ ވެރިކަން ހޯދަން އެހާބޮޑަށް އުޅެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ

"ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މިރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހޯދުމަކީ އެއްވެސް ބޭފުޅެއްގެ އަމާޒަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަމާޒަކީ އަބަދު ވެރިކަން ހޯދުން ކަމަށްވާނަމަ އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.



"ވެރިކަން އާދެ، ލިބޭނެ. އެއީ އެއް ނޫން އަމާޒަކީ. އެއްވެސް މީހެއްގެ މަގުސަދަކަށް ވެގެން ނުވާނެ، އެެއްވެސް މީހެެއް ތާ އަބަދު ބޭނުންވެގެން އުޅޭކަމަކީ ވެރިކަން ކަމަަށް ވެއްޖެނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް." އެމްޑީޕީގެ ޕްރައިމަރީގައި ރިޔާސީ ޓިކެޓް ހޯދުމަށް ރައީސް ސާލިޙާއި ވާދަކުރަށްވައި ބޮޑު ތަފާތަކުން އިންތިހާބުން ބަލިވެ ވަޑައިގެންވި ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ހަމައެކަނި ވެރިކަން ހޯދުމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި، ކޮންމެ ބޭފުޅަކު ވެސް މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ލާބަޔާ މަންފާ އަށް ކަމަށެވެ. ނަޝީދު ވަނީ އެހެން ޕާޓީތަކުން ވެރިކަން ހޯދަން މަސައްކަތް ކުރާތީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރެއް ހޯދަނީ ވެރިކަމުގެ ބޭނުމުގައި އެކަނި ކަމަށްވާނަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. އެއީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު