ބައިބައިވުން އުފެއްދުމަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ވ. ފުލިދޫގައި މިއަދު ހަވީރު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންތިޚާބުތަކުގައި ވާދަވެރިކަން އޮންނަން ޖެހޭނެ ކަމަށެެވެ. އެހެން ނަމަވެސް އެ ވާދަވެރިކަމުގައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރަނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް މިހާރު އެނގޭނެ ކަމަށެެވެ. ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތުމަށް ނިންމަވައިގެން ތިއްބެވި ބައެއް ބޭފުޅުން ކުރީގައި ކަންކޮށްފައި އޮތް ގޮތާއި އަދި މިހާރުވެސް ކަން ކުރަމުންދާ ގޮތް ރައްޔިތުންނަށް އަޑު އިވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, ހިޔާލުތަފާތުވުން އޮތް ނަމަވެސް އެންމެ ރަނގަޅު ގޮތް އެނގުމުން ޖެހޭނީ އެކަމަކާއިގެން ކުރިއަށްދާން ކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ވެސް ހިޔާލުތަފާތުވުން ހުރި ނަމަވެސް ވޯޓުލާއިރު ރަށަށް އެންމެ ފައިދާ ހުރި ގޮތަށް ވޯޓު ދިނުން މުހިއްމު ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯ މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އެ މެނިފެސްޓޯގައި ރަށްރަށަށް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ކަންކަން ވަރަށް ތަފްސީލުކޮށް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު