ރާއްޖޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވ. އަތޮޅަކީ ކުޑަ އަތޮޅެއްަނަމަވެސް އެ އަތޮޅުގައި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޕްލޭންތަކެއް އެބައޮތްކަމަށެވެ.

މިގޮތުން ރާއްޖޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު އެ އަތޮޅުގައި ހިންގެވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މަޝްރޫއުގެ އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.



ރައީސް ވިދާޅުވީ މި މަޝްރޫއާއެކު އެ އަތޮޅުގައި ވައިގެ ދަތުރުފަތުރުވެސް ފެށިގެންދާނެ ކަމަށާއި އެކަމާއިބެހޭ ބައެއް ނިންމުންތައް އިކޮނަމިކް ކައުންސިލުން ބުދަދުވަހު ނިންމަވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ވ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަކުރައްވަން ރައީސް ވިދާޅުވީ ވ. އަތޮޅުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި އަޤްލަބިއްޔަތު ލިބޭނެކަމަށް ޔަގީންކުރައްވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު