މުލަކުއަތޮޅު ދިއްގަރުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހް، ވިދާޅުވެެއްޖެއެވެ.
މ. ދިއްގަރުގައި މިރޭ ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ވެރިކަމުގެ އިތުރު ދައުރެެއް ލިބިވަޑައިގެންފިނަމަ އެރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލު އަޅާ ނިމެންދެން މަޑެއް ނުކުރާނެ ކަމަށާއި، އޭގެ ކުރިން ސިއްހީ މަރުކަޒުން ޚިދުމަތް ދިނުމަށް އެކްސްރޭ މެޝިނާ މުވައްޒަފުން ފޯރުކޮށްދެއްވާނެ ކަމަށެވެ. ރައީސް ވަނީ ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުން ކުރިއަށްދާކަން ވެސް ފާހަގަކުރަށްވާފައެެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ދިއްގަރަށް އެކަނި ޚަރަދުކޮށްފި ކަމަށާއި، އަދިވެސް އެރަށަށް އިތުރު ކަންކަން އެބަހުރި ކަމަށެވެ. ރައީސް މިރޭ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނުނިމޭކަމަށާއި، ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ނުނިމޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ފެށޭ އޮގަސްޓް މަސް ފެށިގެންދާނީ ދިއްގަރުގެ ބިން ހިއްކައި، ރިވެޓްމަންޓް ޖެހިގެން ކަމަށެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދިއްގަރުގައި ޒުވާނުންނަށް ބޭނުންވާ ކަންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުޓްބޯޅަ ދަނޑަކީ ބޭނުންވާކަމެއް ކަމަށާއި، ބިން ހިއްކައި ނިމުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅު ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް ގާއިމްކުރައްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދާދިއަވަހަށް އޭޓީއެމް ބަހައްޓަން މަސައްކަތް ފައްޓަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދިއްގަރަށް ބޭނުންވާ ރައްޔިތުން އެދިއެދި ތިބި ކަންކަން ފުއްދަވައިދެއްވާނެ ކަމަށާއި، ދެން އޮތީ މަގުހެދުމުުގެ މަސައްކަތް ކަމަށެވެ. އަދި އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރުގެ ޖަލްސާ މ.ދިއްގަރުގައި ފެށިގެން ކުރިއަށް ދަނީ.
— Hussain Shafiu #Ibu2023 (@charly_thuthu) July 16, 2023
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ރައީސް އިބޫ ދިއްގަރު ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/xesnBtG8rd
އެމަނިކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ދިއްގަރަށް އެކަނި ޚަރަދުކޮށްފި ކަމަށާއި، އަދިވެސް އެރަށަށް އިތުރު ކަންކަން އެބަހުރި ކަމަށެވެ. ރައީސް މިރޭ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނުނިމޭކަމަށާއި، ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ނުނިމޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ފެށޭ އޮގަސްޓް މަސް ފެށިގެންދާނީ ދިއްގަރުގެ ބިން ހިއްކައި، ރިވެޓްމަންޓް ޖެހިގެން ކަމަށެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދިއްގަރުގައި ޒުވާނުންނަށް ބޭނުންވާ ކަންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުޓްބޯޅަ ދަނޑަކީ ބޭނުންވާކަމެއް ކަމަށާއި، ބިން ހިއްކައި ނިމުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅު ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް ގާއިމްކުރައްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދާދިއަވަހަށް އޭޓީއެމް ބަހައްޓަން މަސައްކަތް ފައްޓަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދިއްގަރަށް ބޭނުންވާ ރައްޔިތުން އެދިއެދި ތިބި ކަންކަން ފުއްދަވައިދެއްވާނެ ކަމަށާއި، ދެން އޮތީ މަގުހެދުމުުގެ މަސައްކަތް ކަމަށެވެ. އަދި އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު