ނާސިރު ބިން ދާހިމް: 5 ވަނަ ކައިވެނި ކުރީ އުމުރުން 90 އަހަރުގައި
ނާސިރު ބިން ދާހިމް: 5 ވަނަ ކައިވެނި ކުރީ އުމުރުން 90 އަހަރުގައި
އުމުރުން ދުވަސްވީ ސައުދީ ފިރިހެނަކު 90 އަހަރުގައި އޭނާގެ 5 ވަނަ ކައިވެނި ކޮށްފިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ގަލްފް ޓުޑޭ ނޫހުގައި އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުން މިފިރިހެން މީހާގެ 5 ވަނަ ކައިވެންޏަށްވަނީ ގިނަބައެއްގެ ތަރުހީބު ލިބިފައެވެ.

ނާސިރު ބިން ދާހިމް ކިޔާ މިމިހާގެ ކައިވެނީގެ އުފާފާޅުކުރުމަށް ބޭއްވުނު ހަފްލާގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައިވަނީ އޭނާގެ ކާފަދަރިއަކު މިވީޑިއޯ ސޯޝަލް މީޑިއާއާއި ހިއްސާކުރުމުންނެވެ. ވީޑިއޯގެ ކެޕްޝަންއަކަށް އެކުއްޖާ ޖަހައިފައިވަނީ 'ކާފައަށް މަރުހަބާ. އުފާވެރި ފާގަތި ކައިވެންޏަކަށް މަރުހަބާ ކިޔަން' މިފަދައިންނެވެ.

އޭނާގެ ކައިވެންޏާއި ބެހޭގޮތުން މީޑިއާއިން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާ ކައިވެނި ކުރުމަށް ބޭނުންވަނީ އެއީ ސުންނަތަކަށް ވާތީ ކަމަށާއި، އަދި ކައިވެނީގެ ސަބަބުން އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓޭތީ ކަމަށެވެ. މީގެ އިތުރުން ފިރިމީހާއާއި އަނބިމީހާ އަދި ވަށައިގެންވާ މާހައުލުގެ އެންމެން، ކައިވެނީގެ ސަބަބުން ﷲ ގެ އިރާދަފުޅާއެކު ރައްކާތެރި ކުރައްވާނެ ކަމުގައެވެ.

އޭނާ އިތުރަށް ކައިވެނިކުރަން ބޭނުންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ހީލަމުން އޭނާ ބުނެފައިވަނީ ކައިވެންޏަކީ ދީނާއި ގުޅުންހުރި ކަމެއް ކަމަށާއި އަދި މިއީ ދުނިޔޭގައި މީހަކަށް ލިބިގަނެވޭނެ އަރާމާއި އުފާ ހޯދޭނެ ވަސީލަތްކަމުން ތިމަންނަވެސް އިތުރު ކައިވެންޏެއް ކުރަން ބޭނުންވީ ކަމުގައި ކަމަށެވެ.

އަދި މީގެ އިތުރުން، މުސްކުޅި އުމުރަށް ދިއުމަކީ މީހާ ކައިވެނި ނުކުރެވޭނެ ސަބަބެއް ނޫންކަމަށާއި ހަނީމޫނުގައި އޭނާ ވަރަށް އުފާވެރިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި އޭނާގެ 4 ދަރީން ތިބޭ ކަމަށާއި އަދި އޭނާގެ ދަރީން މިހާރު ބޮޑެތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އިތުރަށް ދަރިން ހޯދަން ބޭނުންވާކަމުގައި އޭނާ ބުނެފައިވެއެވެ.

އަދި އޭނާވަނީ ޒުވާން އުމުރުގެ ކުދިން ލަސްނުކޮށް އަވަހަށް ކައިވެނި ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ސޯޝަލް މީޑިއާގައި ނަސީރުގެ ކައިވެނީގެ ވިޑިއޯ އަށް މަރުހަބާ ކިޔައި ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވަނީ ކައިވެންޏަކީ ދުނިޔޭގެ ދިރިއުޅުމުގެ އުފަލެއް ކަމަށާއި އެއީ ވަކި އުމުރަކަށް ނުވަތަ ވަކި ހައިސިއްޔަތެއްގެ ބަޔަކަށް އެކަނި ލިބޭނެ ފުރުސަތެއް ނޫން ކަމަށެވެ. އަދި ބައެއް މީހުންވަނީ އޭނާގެ ކައިވެންޏަށް ފާޑު ކިޔައި މިއީ ކައިވެނިކުރުމަށް އެކަށޭނަ އުމުރެއް ނޫން ކަމުގައި ލިޔެ ކޮމެންޓުވެސް ކޮށްފައެވެ.



ދީނުގައި ކައިވެނި ކުރުމަށް ވަކި އުމުރެއް ކަނޑައަޅާފައި ނޯވެއެވެ. ބާލިޣުވެ ބުއްދި ސަލާމަތުންހުރި އަންބަކު ބެލެހެއްޓުމުގެ ޤާބިލުކަން ހުރި ކޮންމެ މީހަކަށްވެސް ކައިވެނި ކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން