މަރިޔަމް ލަމްޙާ ރަޝީދު   5 ޖުލައި 2023 - 13:19
ކޮންމެ އައު މަހެއް ފެށޭ ދުވަހު އޮފީހަށް ނުކުމެފައި ގިނަ މީހުންނަށް ބަލާލެވެނީ އެމަހެއްގައި ރަސްމީ ބަންދު ދުވަހެއް އާދޭތޯއެވެ. މިއީ މަސައްކަތަށް ފަރުވާތެރި ނޫން މީހުން ކުރާކަމެއް ނޫނެވެ. އާއްމުކޮށް އެންމެންވެސް މިހެން ބަންދު ދުވަހެއް ލިބުމަށް އިންތިޒާރު ކުރެއެވެ.

މަސައްކަތުގައި އެހާމެ ބުރަކޮށް އުޅޭއިރު، ލިބޭ 1 ދުވަހުގެ އޮފް ފިޔަވައި ލިބޭ މިފަދަ ރަސްމީ ބަންދު ދުވަސްތައް ބައެއްމީހުން ދެކެނީ ލިބޭ ބޯނަސްއެއްގެ ގޮތުގައެވެ. އެހެންކަމުން މިފަހަރު މިގެނެސްދެނީ ރަސްމީ ބަންދުތައް އެންމެ ގިނަ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ޖާގަ ހޯދާފައިވާ 10 ޤައުމުގެ މައުލޫމާތެވެ.

10. އޮސްޓްރިއާ

އޮސްޓްރިއާ ރަސްމީ ބަންދު ދުވަސްތައް ކަމުގައި 14 ދުވަސް ކަނޑައެޅިފައިވެއެވެ. ޔޫރަޕުގެ ޤައުމުތަކުގެ ތެރޭގައި ވަށައިގެން ކަނޑާއި ކޯރުތައް އެކުލެވޭ އޮސްޓްރިއާ ވަކިނުވެ ވަށައިގެން ބޮޑު 8 ޤައުމެއް ހިމެނެއެވެ. އޮސްޓްރިއާގެ ބޯޑަރު ހިއްސާކުރާ ޤައުމުތަކުގެ ތެރޭގައި ޖަރުމަނާއި ޗެކް ރިޕަބްލިކް، ސްލޮވޭކިއާ، ސްވިޒަލޭންޑް އަދި ހަންގެރީ ހިމެނެއެވެ.

9. ޖަޕާން

ޖަޕާނަކީ ވަޒީފާގެ މާހައުލަށް ބަލާއިރު ވަރުގަދަ އަދި އޭޝިއާ ސަރަހައްދުގައި ހިމެނޭ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ޤައުމެކެވެ. މިޤައުމުގައި ރަސްމީ ބަންދުގެ ގޮތުގައި އަހަރަކު 16 ދުވަސް ފާހަގަ ކުރެއެވެ.

8. ކޮލަންބިއާ

ކޮލަންބިއާއަކީ ލެޓިން އެމެރިކާއަށް ނިސްބައްވާ 5 ވަނައަށް އެންމެ ބޮޑު ޤައުމެވެ. އަދި މިޤައުމުގައި އާއްމުކޮށް މީހުން ވާހަކަ ދައްކައި އުޅޭ ބަހަކީ ސްޕެނިޝް ބަހެވެ. މިއީ ތާރީޚާއި ޘަޤާފަތަށް ބަލާއިރު މުއްސަނދި ޘަޤާފަތެއް ލިބިފައިވާ ޤައުމެކެވެ. އެހެންކަމުން އެކިއެކި ހަރަކާތްތައް ފާހަގަކުރުމަށް ކޮލަމްބިއާގައި 18 ރަސްމީ ބަންދު ދުވަސް ކަނޑައަޅާފައިވެއެވެ.

7. ލެބަނަން

މެދުއިރުމައްޗަށް ނިސްބައްވާ ޤައުމެއް ކަމުގައިވާ ލެބަނަންގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުންނެވެ. މިޤައުމު އޮންނަނީ މެޑިޓެރޭނިއަން ކަނޑު އޮންނަ ސަރަހައްދުގައެވެ. މިޤައުމުގައި 19 ރަސްމީ ބަންދުދުވަސް ފާހަގަ ކުރެއެވެ.

6. އިންޑިއާ

އޭޝިއާ ސަރަހައްދުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އިންޑިއާއަކީ އެކި ދީންތަކުގެ މީހުން އުޅޭ ޤައުމެކެވެ. އެހެން ކަމުން އެކި ދީންތަކުގެ ބަންދު ދުވަސްތަކާއި އެމީހުންގެ ޘަޤާފީ ދުވަސްތައް އެއްކޮށްލައި މުޅިޖުމްލަ އަހަރަކު 21 ދުވަސް ރަސްމީ ބަންދުގެ ގޮތުގައި ފާހަގަކުރެއެވެ.

5. އިޖިޕްޓް

މެދުއިރުމަތީގެ އިޖިޕްޓު ނުވަތަ މިސްރަކީވެސް ދިގު ތާރީޚަކާއި މުއްސަނދި ޘަޤާފަތެއް ލިބިގެންވާ ޤައުމެކެވެ. މިޤައުމުގައި އެކިއެކި މުނާސަބަތުތަކުގެ ތެރެއިން 22 ދުވަސް ރަސްމީ ބަނޑުދުވަސްތައް ގޮތުގައި ކަނޑައަޅާފައިވެއެވެ.

4. ސްރީ ލަންކާ

އަވަށްޓެރި ސްރީ ލަންކާއަކީ ކުޑަ ޤައުމަކަށްވީނަމަވެސް އެޤައުމުގައިވެސް ވަރަށް މުއްސަނދި ޘަޤާފަތެއް އޮވެއެވެ. އަދި އެޤައުމުގެ މީހުންނަށް އެކިއެކި މުނާސަބަތާއި ގުޅިގެން އަހަރެއްގެ މަށްޗަށް 25 ދުވަސް ރަސްމީ ބަންދުދުވަހުގެ ގޮތުގައި ލިބެއެވެ.

3. އީރާން

މެދުއިރުމައްޗަށް ނިސްބައްވާ އީރާނުގައި 26 ދުވަސް ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ފާހަގަކުރެއެވެ. މީގެ ތެރޭގައި ދީނީ ގޮތުން އަންނަ އީދުތަކާއި ޘަޤާފީގޮތުން ފާހަގަ ކުރާ ދުވަސްތައް ހިމެނެއެވެ.

2. މިޔަންމާ

މިޔަންމާއަކީ އިންޑިއާއާއި ބަންގްލަދޭޝް، ތައިލެންޑް އަދި ޗައިނާއާއި ބޯޑަރު ހިއްސާކުރާ އޭޝިއާ ސަރަހައްދަށް ނިސްބައްވާ ޤައުމެކެވެ. މިޤައުމުގެ މީހުން ކޮންމެ އަހަރަކު ޖުމްލަކޮށް މަހަކަށްވުރެ ގިނަ ދުވަހު ރަސްމީ ބަންދުގެ ގޮތުގައި ފާހަގަ ކުރެއެވެ. މިޤައުމުގެ ރަސްމީ ބަންދު ދުވަސްތަކުގެ އަދަދަކީ 32 އެވެ.

1. ނޭޕާލް

ނޭޕާލަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ރަސްމީ ބަންދުދުވަސްތައް ކަނޑައަޅާފައިވާ ޤައުމެވެ. ނޭޕާލުގައި އަހަރަކު 35 ދުވަސް ރަސްމީ ބަންދުގެ ގޮތުގައި ފާހަގަ ކުރެއެވެ. މީގެ ތެރޭގައި ޤައުމީ ދުވަސްތަކާއި ދީނީ ގޮތުން ފާހަގަކުރާ ދުވަސްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން