ތުއްތު ރާހާ، ވިހެއުމަށްފަހު، ހަތަރު މަސްވީތަނާ، ބޮލީވުޑްގެ ފިލްމު "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީގެ" ލަވައެއްކަމަށްވާ "ތުމް ކިޔާ މިލޭ"ގައި ރަންވީރް ސިންހާއެކު އާލިއާ ބަޓް ބައިވެރިވެއްޖެއެވެ.

"އެންމެ ފަހުގެ ނަތީޖާ ފެންނައިރު އުފާވަނީ އަދި ފަޚުރުވެރިވަނީ ރާހާ އުފަންވުމަށްފަހު ހިނގި ހަތަރުމަސް ދުވަހުގެ ތެރޭގައި މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެވުނީތީ. ޙަގީގަތުގައި ބޭނުންވަނީ ލާމަސީލު ލަވަޔަކަށް މިލަވަވާން"، މިލަވަ އުފެއްދި ގޮތުގެ މައްޗަށް ތައްޔާރުކޮށް، ވަރަށް ފަހުން ނެރެފައިވާ ވީޑިއޯއެއްގައި އާލިއާ ބަޓް ބުންޏެވެ.

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނިކުރީ 2022 ގެ އެޕްރީލް މަހު ސާދަވަނަ ދުވަހު މުމްބާއީގެ ޕާލީ ފަރުބަދަމަތީގައި ހުންނަ ރަންބީރުގެ ވަސްތޫ އެޕާޓްމަންޓުގައެވެ. މިދެމަފިރިންނަށް ރާހާ (ރަންބީރާއި އާލިއާގެ އަންހެން ދަރި) ލިބުނީ 2022ގެ ނޮވެމްބަރު މަހުގެ ދުވަހެއްގައިއެވެ.

ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ ޑައިރެކްޓްކުރަނީ ކަރަން ޖޯހަރެވެ. ޑައިރެކްޓްކުރުމުގެ ދާއިރާއަށް، ކަރަން ޖޯހަރު އަލުން އެނބުރި މިއައީ މިދާއިރާއާއި ދުރުގައި ހަތް އަހަރު ހުރުމަށް ފަހުގައެވެ. މިފިލްމުގެ ޓްރެއިލަރ މާދަމާ ނެރޭނެއެވެ. އަދި މިފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ މިމަހުގެ އަށާވީހުގައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން