ވައްކަމާއި ފަސާދައިގެ ހާއްޔަކުން ލިބުނު ގޯތި ލިބުނު މެންބަރުންްގެ ތެރެއިން ގޯތި ލިބުނު ފަރާތްތައް
ވައްކަމާއި ފަސާދައިގެ ހާއްޔަކުން ލިބުނު ގޯތި ލިބުނު މެންބަރުންްގެ ތެރެއިން ގޯތި ލިބުނު ފަރާތްތައް
މިސަރުކާރާ ދެކޮޅު މަޖިލިސް މެންބަރުން އެންމެ އަޑު ހަރުކޮށް ގޮވަމުންދާ އެއްވާހަކައަކީ މި ސަރުކާރަކީ ވައްކަމާއި ފަސާދައާއި ކޮރަޕްޝަންގެ ހާއްޔެއް ކަމަށާއި، ރައްޔިތުންނަށް ވުރެ ބޮޑަށް ކައިރީގައި އުޅޭ މީހުންނާއި އާއިލާ މީހުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ކަމަށެވެ. އެމްޑީޕީގެ ޓިކެޓުގައި ހޮވި ވަކި މީހަކަށްޓަކައި ޕާޓީ ދޫކޮށްލި ފަރާތްތައްވެސް އެންމެ ފޯރީގައި ދައްކާ ވާހަކައަކީ އެއީއެވެ.

ސަރުކާރުން ފުލެޓެއް އެޅިޔަސް، ބޯހިޔާވަހިކަމުގެ އެހެން ސްކީމެއް ހިންގިޔަސް އަދި އެހެން ކަމެއް ކުރިޔަސް އެ މެންބަރުން ގެންދިޔައީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ފިތުނަ ފަސާދަ އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް ވަކި މީހަކަށް ވެރިކަން ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދިޔައީ މި ބީދައިންނެވެ.

ނަމަވެސް އިއްޔެ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދެވޭނެ އެންމެ ބޮޑު ހައްލު ނުވަތަ 36 އަހަރު ފަހުން މާލޭ ރައްޔިތުންނަށް ގޯތި ދިން އިރު، އެއްކަލަ ސަރުކާރަށް ވަގަށް ގޮވި ބޭބޭފުޅުންނަށްވެސް ގޯތިވަނީ ލިބިފައެވެ. އެމީހުން ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް އުފުލަނީ، ސަރުކާރުން ނާޖާއިޒު އަމަލުތައް ހިންގާފައިވާ ކަމަށް ބުނެއެވެ. އަދި ނިޒާމުގައި އިންސާފުވެރި އިންސާފެއް ނެތުމުން ފާޑުކިޔައި، މީޒާންތައް ނާއިންސާފުން ޓިޕްކޮށްފައިވާ ކަމަށް އަޑުގަދަކޮށް ދައުވާ ކުރެއެވެ. ނަމަވެސް އެމީހުން ބުނާ ގޮތުގައި ނުހައްގުން ހަވާލުކޮށްފައިވާ މި ބިންތަކަށް އެމީހުން އެޕްލައިކޮށް ބަލައިގަތުމަކީ އުނދަގޫ ކަމެކެވެ. މިކަމުގެ ސަބަބުން އެމީހުންގެ ތުހުމަތުތަކުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދެއެވެ.

އެމީހުންގެ ދައުވާތަކުގައި ހަގީގަތުގެ ކަންފުޅެއްވެސް އޮތްނަމަ، އެމީހުންގެ ގަބޫލުކުރުމުގެ ހިތްވަރު ދައްކައި، މި ބިންތައް ހަމަ އެވަގުތު ދޫކޮށްލަން ނުޖެހޭނެ ހެއްޔެވެ؟ އެމީހުންގެ އަމަލުތަކުން، ނުވަތަ އެކަންކަން ނެތުމުން، އެމީހުންގެ ތުހުމަތުތައް ބިނާވެފައިވަނީ ހަގީގަތެއްގެ މައްޗަށްތޯ ނުވަތަ ހަމައެކަނި ތޯތޯ ބުރަދަނެއް ނެތް ވާހަކަތަކެއްގެ މައްޗަށްތޯ ހާމަވެގެންދާނެއެވެ. އެމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހުންނަށް ލިބުނު ބިން ދޫކޮށްލަން ތައްޔާރަށް ހުރިތޯ ބަލާލުމަކީ ހަމަ ގައިމުވެސް އެމީހުން ދައްކާ ވާހަކައާއި އަމަލާ ދިމާވޭތޯ ބެލޭނެ ކަމެކެވެ.

ސަރުކާރަށް ރަތްމަހަށް ނުގޮވާ ވަރަށް ވަގަށް ގޮވައި ވެރިކަން ބަދަލުކުރަން ހިފާ، ޕާޓީ ރޫޅާލާ ވެރިކަމުގެ ނިޒާމް ގަޑުބަޑުކޮށްލަން އުޅުނު މެންބަރުންގެ ތެރެއިން ގޯތި ލިބުނު އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރުންގެ ތެރޭގައި، ރައީސް ޞާލިހަށާއި ސަރުކާރަށް ވަގަށް ގޮވާ ލަވަ ހަދައިގެން ވިދާޅުވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ސަރުކާރުގެ ނުބައިކަން އޮޮތްކަން ދައްކަމުން މޮޅު ވާހަކަ ދައްކަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ސަރުކާރުގެ ކޮރަޕްޝަން އޮތްކަމަށާ ދައުލަތް ބަހާލިކަމަށް ދައުވާ ކުރާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)، އެމްޑީޕީ ފުނޑާލާ ރައީސް ނަޝީދު ވެރިކަމަށް ގެންނަން އައު ޕާޓީއެއް އުފައްދާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހިމެނެއެވެ. މީގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވެސް ގޯތި ލިބުނު މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެމްއެންޕީގެ މެންބަރު އުޝާމްވެސް ހިމެނެއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ހޮވި ވަޑައިގެން، އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ މެންބަރުންނާއެކު ބުނިހާ ގޮަތަކަށް ހެދިގެން މަސައްކަތް ކުރާ ކައުންސިލް މެންބަރު ސައިފް އަދި ނިޔާޒަށްވެސް ގޯތި ވަނީ ލިބިފައެވެ. ސަރުކާރަށް ވަގަށް ގޮވާ ވައްކަން ކުރާ ގޯތި ބަހާ ފުލެޓް ބަހާކަމަށް އެންމެ އަޑުގަދަކޮށް ވާހަކަ ދައްކާ އެކަކީ ކައުންސިލް މެންބަރު ސައިފެވެ.

ރައްޔިތުން މިހާރު އުފައްދާ ސުވާލަކީ، މި ފަރާތްތަކަށް ސަރުކާރު ގޯސްއިރު، އަދި ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔަކަށް ވެފައި، ހައްދުފަހަނައަޅާފައިވާއިރު، ސަރުކާރުން އެކުލަވާލި އެބޭފުޅުުން ބުނާ ކޮރަޕްޝަން ލިސްޓުގައި ހިމެނޭނަމަ ގޯތި ދޫކޮށްލަން ކެރިވަޑައި ނުގެން ތިއްބަވަނީ ކީއްވެގެންތޯއެވެ? ސަރުކާރު އެހާ ކޮރަޕްޓް ނަމަ އަދި ނުހައްގުން ކަންކަން ކުރާ ނަމަ، އެ ނުހައްގުގައި ލިބުނު ނުހައްގު ގޯތި ދޫކޮށްލަންވީ ނޫންތޯއޭވެސް މީހުން ދަނީ ސުވާލު ކުރަމުންނެވެ.

ނަމަވެސް އެ މެންބަރުންނަށް ލިބުނީ ރަންގަނޑެއްކަމަށް ބަލައި އެ ދޫކޮށްލެވޭކަށް ނެތެވެ. އެކަމާއި ގުޅުވައި އެއްޗެކޭވެސް ވިދާޅެއް ނުވެއެވެ. ގޯތި ލިސްޓުގައި ކުށެއް އޮތްކަމަކަށް ވެސް ވިދާޅެއް ނުވެއެވެ. އަމިއްލަ ފައިދާއަށް އެއްޗެެއް ލިބުނީމަ މެންބަރުންގެ އަނގަ ބަންދުވީއެވެ. އެބުނާ ކޮރަޕްޓް ސަރުކާރަކުން ރަނގަޅުކަމެއް ކުރިކަމަށް ނިންމާ ސީލް ޖެހީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން