ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖުތަކުގައި އެންމެ ބޮޑަށް އިސްކަމެއްދެނީ އިންގްލެންޑުގެ އެޑްއެކްސެލް އަދި ކެމްބަރިޖް އިމްތިހާނުތަކަށް
ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖުތަކުގައި އެންމެ ބޮޑަށް އިސްކަމެއްދެނީ އިންގްލެންޑުގެ އެޑްއެކްސެލް އަދި ކެމްބަރިޖް އިމްތިހާނުތަކަށް
ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖުތަކުގައި އެންމެ ބޮޑަށް އިސްކަމެއްދެނީ އިންގްލެންޑުގެ އިމްތިހާނު ކަރުދާސްތަކަށެވެ. ސާނަވީ އަދި މަތީ ސާނަވީގެ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން އެޑްއެކްސެލް އަދި ކެމްބަރިޖް އިމްތިހާނުތައް އުނދަގޫކަމުގެ ޝަކުވާ ކުރެއެއެވެ.

ރާއްޖޭގައި ބޭއްވޭ އެޑްއެކްސެލް އަދި ކެމްބަރިޖް އިމްތިހާނުތައް ބައެއް ކުދީންނަށް އުދަގޫވެގެން އުޅުނުނަމަވެސް ދުނިޔޭގެ ނިސްބަތުން އުނދަގޫ އިމްތިހާނުތަކުގެ ލިސްޓުގައި ރާއްޖޭގައި ހަދާ އިމްތިހާނުތަކެއް ނުހިމެނެއެވެ.

ދުނިޔޭގައި ބޭއްވޭ އެންމެ އުނދަގޫ އިމްތިހާނުތައް

މިއީ ވިއޯން ވެބްސައިޓުގައި ޝައިއުކޮށްފައިވާ އާޓިކަލްއަކުން ނަގާފައިވާ ލިސްޓެކެވެ. މިލިސްޓު ތައްޔާރު ކުރުމުގައި ބަލާފައިވަނީ ކިޔަވައިދޭ ކަރިކިއުލަމްއަށާއި ފާސްވާ ރޭޓާއި އަދި އިމްތިހާނުތަކުގެ ވާދަވެރިކަމަށެވެ. އަދި އެހެން ޤައުމުގަތަކުގައި އިމްތިހާނުތައް ބަލައިގަންނަ މިންވަރަށެވެ.

10 . އެގްޒާމް ފޯދަ މާސްޓަރ ސޯމާލިއާ ޑިޕްލޮމާ؛

މިއީ ދަ ކޯޓް އޮފް މާސްޓަރ ސޯމާލިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިމްތިހާނެކެވެ. މިއީ ހޮޓެލް އިންޑަސްޓްރީގެ ސާވިސްތަކާއި ބެވަރެޖުތައް ދެނެގަތުމަށާއި ހޮސްޕިޓަލިޓީ އިންޑަސްޓްރީއާއި ރެސްޓޯރެންޓް މެނޭޖްމެންޓުގެ ސްޓެންޑަރޑް މަތިކުރުމަށް ހޮސްޕިޓަލިޓީ މޭޖާރގެ ދަރިވަރުންނަށް ސޯމާލިއާގައި ނެގޭ އިމްތިހާނެކެވެ.

9. އޯލް ސޯލްސް ޕްރައިޒް ފެލޯޝިޕް އެގްޒާމް؛

މިއީ އޮކްސްފޯޑް ޔުނިވަރސިޓީގައި ކުރިއަށްގެންދާ އިމްތިހާނެކެވެ. އަދި މިއީ އެޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެވޯޑްކުރެވޭ ދަރިވަރުންގެ ރިސާރޗަށް ބޭނުންވާ ފަންޑާއި ތައުލީމީ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާ އިމްތިހާނެކެވެ. މި އިމްތިހާނުގައި އަހަރަކު ހޮވެނީ 80 ދަރިވަރުންނެވެ. މިއިމްތިހާނުން ފާސްވުމަށް އިކޮނޮމިކްސް، ކްލާސިކަލް ސްޓަޑީސް، އިންގްލިޝް ލިޓަރެޗަރ، ލޯ، ޕޮލިޓިކްސް، ހިސްޓްރީ އަދި ފިލޯސޮފީގެ މައުލޫމާތު ދަރިވަރުންނަށް އެނގެންޖެހެއެވެ.

8. ގޭޓް – ގްރެޖުއޭޓް އެޕްޓިޓިއުޓް ޓެސްޓް އިން އިންޖިނިއަރިން؛

މިއީ އޭޝިއާގެ ދެކުނު ސަރަހައްދުތަކުގައި އޮންލައިންކޮށް ދެވޭ އިންޖިނިއަރިންގ ޓެސްޓެކެވެ. ހިސާބު، ސައިންސް އަދި ޖެނަރަލް އެޕްޓިޓިއުޑްއިން އިމްތިހާނުކުރެވޭ މިޓެސްޓަކީ މާސްޓަރސް ޑިގްރީ ކޯސްތަކަށް ވަނުމަށް ދެވޭ އެންޓްރެންސް އެގްޒާމެކެވެ. 3 ގަޑިއިރަށް ދެމިގެންދާ މި އިމްތިހާނުގައ 65 ސުވާލު ހިމެނޭއިރު 10 ސަވާލަކީ އެޕްޓިޓިއުޑްއަށް ޚާއްސަ ސުވާލުތަކެކެވެ. އަނެއް 55 ސުވާލަކީ ޓެކްނިކަލް ޖަވާބުދޭ ސުވާލުތަކެވެ.



7. ސީ.ސީ.އައި.އީ- ސިސްކޯ ސެޓިފައިޑް އިންޓަރނެޓް ވޯކިން އެކްސްޕާޓް؛

މިއީ ދެ މަރުހަލާއަކަށް ބެހިގެން 6 ސެކްޝަންއެއް ހިމެނޭ އިމްތިހާނެކެވެ. އެއް ސެކްޝަން ނިންމުމަށްފަހު އަނެއް ސެކްޝަންގައި ބައިވެރިވެވޭގޮތަށް ތައްޔާރުކުރެވިފައިވާ މި އިމްތިހާނަކީ އިންޓަރނެޓް ދާއިރާގައި 7-10 އަހަރުދުވަހުގެ ތަޖުރިބާ ބޭނުންވާ އިމްތިހާނެކެވެ. އަދި ނެޓްވޯކިން ޓެކްނޮލޮޖީގެ މައުލޫމާތު ރަނގަޅަށް އެނގިގެން ނޫނީ މިއިމްތިހާނުން ފާހެއް ނުވެވޭނެއެވެ.

6. ސީ.އެފް.އޭ (ޗާޓަޑް ފައިނޭންޝިއަލް އެނަލިސްޓް)؛

މިއީ 3 މަރުހަލާއަކަށް ބަހާލެވިގެންވާ އެކައުންޓިން ދާއިރާގެ އެންމެ އުނދަގޫ އިމްތިހާނެވެ. އަދި މިއީ މާލީ ނުވަތަ ފައިނޭންޝިއަލް ދާއިރާގެ ޕްރޮފެޝަނަލްއިން އެކައުންޓިން ދާއިރާއަށް އަހުލުވެރިވެފައިވާ މިންވަރު އަންގައިދިނުމަށް ތައްޔާރުކުރެވިފައިވާ އިމްތިހާނެކެވެ އަދި ސީ.އެފް.އޭ އިމްތިހާނު ނިންމާ ޗާޓާޑް އެކައުންޓް އެނަލިސްޓްގެ ސެޓިފިކެޓް ލިބޭނީ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ހާސިލްކުރުމުންނެވެ.

5. ޖީ.އާރު.އީ (ގްރެޖުއޭޓް ރިކޯޑް އެގްޒާމް)؛

މިއީ މާސްޓަރސް އަދި ޕީ.އެޗް.ޑީ ހަދާ ދަރިވަރުންނަށް ބޭރުގެ ޔުނިވަރސިޓީތަކުގައި ބައިވެރިވުމަށް ހެދޭ އެންޓްރެންސް އިމްތިހާނެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ޚާއްސަކޮށް އެމެރިކާގެ ކޮލެޖުތަކުން ޤަބޫލުކުރާ އިމްތިހާނެކެވެ.

4. މެންސާ؛

މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ކުރީގެ އިމްތިހާނުތަކުގެ ތެރޭގައި ހިމެނޭ އިމްތިހާނެކެވެ. އަދި މިއީ އިންޓެލިޖެންސް ނުވަތަ އައިކިއު ދެނެގަތުމަށާއި، ވިސްނުމާއި، ކަންކަން ހައްލު ކުރުމުގެ ހުނަރު ދެނެގަތުމަށް ދެވޭ އިމްތިހާނެކެވެ. މިއިމްތިހާނު އިންތިޒާމް ކުރާ މެންބަރުންނަކީ ދުނިޔޭގެ ނިސްބަތުން %98 އައިކިއު މަތި ބައެކެވެ.



3. ޔޫ.ޕީ.އެސް.ސީ ، އިންޑިއާ؛

ޔޫނިއަން ޕަބްލިކް ސާވިސް ކޮމިޝަން އަކީ އިންޑިއާރގެ ސިވިލސް ސާވިސް އެޑްމިނިސްޓްރޭޝަންއެވެ. އަދި މިއީ ސިވިލް ސާވިސް އެގްޒާމް (ސީ.އެސް.އީ) ތައްޔާރުކުރާ އޮނިގަނޑެވެ. އަދި މިއިމްތިހާނަކީ އިންޑިއަން އެޑްމިނިސްޓްރޭޓިވް ސާވިސްއާއި ޕޮލިސް ސާވިސް އަދި އެހެނިހެން ސިވިލް ބައިތަކަށް ކެނޑިޑޭޓުން ނެގުމަށް ދެވޭ އިމްތިހާނެކެވެ. އަހަރެއްގެ މައްޗަށް 500،000 ކެނޑިޑޭޓުން އިށީންނަ މިއިމްތިހާނުން ކުރިއަށްދެވެނީ އެވްރެޖްކޮށް 1000 ކެނޑިޑޭޓުންނަށެވެ.

2. އައި.އައި.ޓީ – ޖީ؛

މިއީ އިންޖިނައރިން ކޯސްތަކަށް ޚާއްސަ އެންޓްރެންސް އެގްޒާމްއެކެވެ. އަހަރަކު އެތައް ހާސް ދަރިވަރުންނެއް ބައިވެރިވާ މިއިމްތިހާނަކީ އިންޑިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން އިންތިޒާމްކުރާ 'އުނދަގޫ' އިމްތިހާނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިމްތިހާނެކެވެ.

1. ގައުކައު- ޗައިނާ؛

ޗައިނާގައި ނެގޭ މަތީ ސާނަވީ އިމްތިހާނެއް ކަމުގައިވާ ގައުކައުއަކީ ދުނިޔޭގެ އެންމެ އުނދަގޫ އިމްތިހާނު ކަމުގައި ގިނަ ވެބްސައިޓުތަކުގައި ފާހަގަކޮށްފައިވާ އިމްތިހާނެކެވެ. މިއީ 12 އަހަރު ދުވަހުގެ ކިޔެވުން ފޯކަސްކޮށްގެން ނަގާ އިމްތިހާނެކެވެ.

މަތީގައި ދެންނެވުނު އިމްތިހާނުތަކުގެ އުނދަގޫކަމުން ޔޫރޮޕް އަދި އެމެރިކާގެ ގިނަ ޔުނިވަރސިޓީތަކުން އެންޓްރެންސްއަށް މިއިންތިހާނުގެ ނަތީޖާ ބަލައިގަންނަކަން ވިއޯން ވެބްސައިޓުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން