ރޮކް އެންޑް ރޯލްގެ ރާނީގެ ނަމުން މަޝަހޫރުވެގެންދިޔަ އެމެރިކާއަށް އުފަން ލަވަކިޔުންތެރިޔާ ޓީނާ ޓަރނަރ މަރުވެއްޖެއެވެ.

ޓީނާ ޓަރނަރ މަރުވެފައިވަނީ އުމުރުން 83 އަހަރުގައެވެ. އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓަރނަރ މިއުޒިކީ ދާއިރާއިން ފުރަތަމަ ފެނިގެން ދިޔައީ، މިއުޒިކްގެ ވައްތަރެއް ކަމަށްވާ ރޮކް އެންޑް ރޯލްގެ ލަވަތައް އެންމެ ވައިގައި ހިފި 1950 ގެ އަހަރުތަކުގައެވެ. މިދާއިރާގައި އޭނާގެ މަޝްހޫރުކަން އިތުރުވެ، ތާރީހުގެތެރެއިންވެސް ފާހަގަކޮށްލެވޭ ލަވަކިއުންތެރިއެއްގެ ގޮތުގައި ޓަރނަރ ވަނީ ވެގެންގޮސްފައެވެ.

މީގެއިތުރުން 80ގެ އަހަރުތަކުގައި އޭނާގެ ލަވަތަކަށް ލިބެމުންދިޔަ ސަމާލުކަން އިތުރުވެ އޭނާގެ ލަވަތަކަކީ މިއުޒިކަލް އެކްސްޕެރިމެންޓޭޝަންގެ ގޮތުގައި ފާހަގަކޮށް، ލަވައިގެ ބަސްމަގާއި ލަވަ ހުށައަޅައިދޭގޮތަށްވެސް ގިނަބައެއްގެ ތަރުހީބު ލިބެމުންދިޔައެވެ. އެގޮތުން 80ގެ އަހަރުތަކުގައި އޭނާ އަށްވަނީ 6 ގްރެމީ އެވަރޑްވެސް ލިބިފައެވެ. ރިޕޯޓުތައް ބުނާގޮތުން ޓިނަރ ޓަރނަރއަށް ޖުމުލަ 8 ގްރެމީ އެވަރޑެއް ލިބިފައިވެއެވެ

ޓިނަރ ޓަރނަރ އެންމެ ފަހުން ލަވައެއް ރިލީޒްކޮށްފައިވަނީ 1990 ގެ އަހަރުތަކުގައެވެ. އޭރު ރިލީޒް ކުރި ދެ ސްޓޫޑިއޯ އަލްބަމް ޚާއްސަކޮށް ޔޫރަޕްގައި ގިނައިން ވިކިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އެންމެ ފަހުން ލަވަހުށައަޅާދީފައިވަނީ 2008 ން 2009 ވަނަ އަހަރާއި ދެމެދު ކާމިޔާބު ކަމާއެކު ކުރިއަށްދިޔަ އޭނާގެ ވޯލްޑް ޓުއަރގައެވެ.

ޓީނާ ޓަރނަރގެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ ލަވަކިޔުންތެރިއާ އައިކް ޓަރނަރ އާއެވެ. މިދެތަރިންގެ ކައިވެނި ރޫޅިފައިވަނީ 1970 ގެ އަހަރު ތަކުގައެވެ. މިކައިވެންޏަށް ފަހު، އޭނާ ލޯބީގެ ގޮތުން ދެން ގުޅިފައިވަނީ ޖަރުމަނުވިލާތުގެ މިއުޒިކް އެކްޒެކިއުޓިވަކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން