ކުންފުންޏަށް ފައިދާވާގޮތަށް ނެޓްފްލިކްސްގެ އެކައުންޓްތަކުން އަނެއްކާވެސް ގިނަ ޔޫޒާއިންނަށް ބޭނުން ކުރެވޭގޮތް ހަދަންނިންމަފިއެވެ.

ނެޓްފްލިކްސްއިން 2017 ވަނަ އަހަރު ތައާރަފުކުރި އެއް އެކައުންޓުން ގިނަ ޔޫޒަރ އިންނަށް ބޭނުންކުރެވުން އެކުންފުނީގެ ގިނަ ސަބްސްކުރައިބަރުން ގެއްލި ޔޫޒަރ އެކައުންޓުގެ ދަށަށް ވަނުމުގެ ސަބަބުން ނެޓްފްލިކްސް އަށް ކުރިންވަމުން އައިފައިދާ ބޮޑުތަނުންވަނީ ދަށްވެގެން ގޮސްފައެވެ. މިސަބަބާހުރެ ފާއިތުވި އަހަރު ނެޓްފްލިކްސްއިންވަނީ ޕާސްވޯޑް ޝެއަރ ނުކުރެވޭގޮތް ހަދަންފަށާފައެވެ. ނަމަވެސް މިނިންމުމަށް ބަދަލުގެނެސް ނެޓްފްލިކްސްއިންމިވަނީ މިއަދުންފެށިގެން ޕާސްވޯޑް ޝެއަރ ކުރެވޭގޮތަށް ހަދާފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ޕާސްވޯޑު ޝެއަރ ނުކުރެވޭގޮތަށް ބަދަލުކުރުމުގެ މިނިންމުމާއި ގުޅިގެން ފިޔަވަޅުތައް އަޅަންފަށައިފައިވަނީ ޕޯޗުގަލް، ކެނަޑާ ނިއުޒިލެންޑާއި ސްޕެއިންގައެވެ. އަދި މިހާރު މިމަސައްކަތް ކުރަން ފަށާފައިވަނީ އެމެރިކާގައެވެ.



މެއި 24 އިން ފެށިގެން އެމެރިކާގެ ނެޓްފްލިކްސް ޔޫޒާއިންނަށް ޕާސްވޯޑް ޝެއަރިންއަށް އަންނާނެ ބަދަލު އީމެއިލް މެދުވެރިކޮށް ފޮނުވައި ޔޫޒައިންގެ ސަމާލުކަމަށް މިކަން ގެނައުމަށް ނެޓްފްލިކްސްއިންވަނީ ނިންމާފައެވެ. އެމެރިކާގައި ޕާސްވޯޑު ޝެއަރ ނުކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ކުރިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލްއާއި ހަމައަށް ކަމުގައިވީނަމަވެސް ފަހުންވަނީ މެއިމަހާހަމައަށް ދޫދޭން ނިންމާފައެވެ.

މިފަހަރު ނެޓްފްލިކްސް އިން ނިންމާފައިވަނީ އިތުރު ޑިވައިސްތައް ބޭނުންކުރުމަށް އިތުރު ޗާޖެއް ނެގުމަށެވެ.

ޕާސްވޯޑް ޝެއާރު ކުރުމަށް ނަގާނީ ކިހައިވަރުގެ ޗާރޖެއް؟

އެމެރިކާގައި ސްޓެންޑަރޑް ސަބްސްކްރިޕްޝަންއަށް ދައްކަންޖެހެނީ 15.49 ޑޮލަރެވެ. އިތުރު މީހަކަށް މެންބަރަކަށް އެޑް ކުރުމަށް 7.99 ޑޮލްރުގެ ޗާރޖެއްގެ ގޮތުގައި އިތުރަށް ދައްކަންޖެހޭނެއެވެ. ޕްރިމިއަމް ޕެކޭޖު ނަގާމީހުންނަށް އިތުރު 2 މެމްބަރުން އެޑް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އެއިން ކޮންމެ މެންބަރަކަށްވެސް ދައްކަންޖެހޭނީ 7.99 ޑޮލަރެވެ.

ނަމަވެސް މިއާޚިލާފަށް ނެޓްފްލިކްސްގެ އެންމެ އަގުހެޔޮ ނުވަތަ ބޭސިކް ޕެކޭޖުގައި އިތުރު މެމްބަރުން އެޑް ކުރުމުގެ ފުރުޞަތެއް ނޯންނާނެކަމަށް ނެޓްފްލިކްސް އުން މައުލޫމާތުދެއެވެ.

އިތުރު ކުރެވޭ މެމްބަރުންނަށް ފައިސާ ދައްކާނީ ކިހިނެތް؟

ނެޓްފްލިކްސްގެ ސަޕޯޓް ޕޭޖު ބުނާގޮތުން އިތުރު މެންބަރުންގެ ވަކި ޕާސްވޯޑަކާއި ޔޫޒަރ އަށް ވަކިނަމެއް ލިބިގެންދާނެއެވެ. މިމެންބަރުންގެ ފައިސާ ދައްކާނީ ނެޓްފްލިކްސްއަށް "އިންވައިޓް' ކުރި މައި އެކައުންޓުގެ ވެރިފަރާތުންނެވެ. އަދި އެކްސްޓްރާ މެންބަރަކީ މައި އެކައުންޓާއި އެއް ޤައުމެއްގައި ދިރިއުޅޭ މީހަކަށް ވާންޖެހޭއިރު ނެޓްފްލިކްސް ބޭނުންކުރެވޭނީ އެއްވަގުތެއްގައި އެންމެ ޑިވައިސްއަކުންނެވެ.

ޕާސްވޯޑް ޝެއަރިންނަށް މިބަދަލުގެންނަން ޖެހުނީ މީގެ ކުރިން ގިނަ ގޭގޭގައި ނެޓްފްލިކްސް ބޭނުން ކުރެވެމުން ދިއައިރު ޕާސްވޯޑު ޝެއަރިންގެ ސަބަބުން ނެޓްފްލިކްސްއަށް ސަބްސްކްރިޕްޝަން ބޮޑުތަނުން ދަށްވެ ކުންފުންޏަށް ލިބެމުންއި ފައިދާ ދަށަށްދިއުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން