މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިތާ އަހަރެއްވެފައިވާއިރު މިހާތަނަށް 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

މި މައްސަލަ ހައްލުކޮށްދިނުމަށް، 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޭން ނިއްމައި މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން އެކަން ދަނީ ތަންފީޒުކުރަމުންނެވެ.

އެ ފަހުން މިއަދަށް އަހަރެއްވިއިރު، މިފްކޯ އިން މިއަދު ބުނީ މިހާތަނަށް 900،322،300 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު