މިކަމެއް ހިނގީ މިއަދު އެމަނިކުފާނު ފޮރިން މިނިސްޓްރީގައި އޮތް ތައުޒިޔާގެ ދަފްތަރެއްގައި ސޮއިކުރުމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓަކަށް ބޭފުޅަކު ކޮމެންޓް ކުރަމުން ވިދާޅުވި ބަސްފުޅަކާއި ގުޅިގެނެވެ. ރައީސް މައުމޫނު މިއަދު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި، 1978 ވަނަ އަހަރު ސަރުކާރު ވަޒީފާއާ ގުޅިވަޑައިގެންނެވި ބޭފުޅެއް އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓްރީގައި ހުޅުވާފައި އޮތް ތައުޒިޔާގެ ދަފްތަރެއްގައި ސޮއިކުރައްވާފައެވެ.

ނަމަވެސް އެ ވާހަކަވެސް ރަށު ތެރޭގައި ފެތުރިފައި އޮތީ މައުމޫނާއި ޝާހިދުގެ ހާއްސަ ބައްދަލުވުމެއް މިނިސްްޓްރީގައި އޮތްކަމަށް ބުނެއެވެ. އެ ވާހަކަތަކާއި ގުޅިގެން ފޮރިން މިނިސްޓްރީއަށް މައުމޫން ވަޑައިގެންނެވި ސަބަބު އެމަނިކުފާނުގެ އަރިސް ބޭފުޅުން ސާފުކޮށްދެއްވިއެވެެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ.

ދައްކަން މިއުޅެނީ ފޮރިން މިނިސްޓްރީއަށް މައުމޫން ވަޑައިގެން ދަފްތަރުގައި ސޮއިކުރެއްވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކަކަށް އިޝާރާތްކުރަށްވައި ބޭފުޅަކު ކުރެއްވި ޓްވީޓަށް ރައީސް މައުމޫން ދެއްވި ރައްދެއްގެ ވާހަކައެވެ.

މައުމޫން ރައްދު ދެއްވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި އަދި ނޮވެމްބަރު 3ގެ ހަމަލާގައި ރާއްޖެ ދިފާއުކުރުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ ކުރެއްވި ޓްވީޓަކަށެވެ.

ތައުޒިޔާގެ ދަފްތަރުގައި މައުމޫން ސޮއިކުރައްވަން އިންނެވި ފޮޓޯއަށް ކޮމެންޓް ކުރައްވަމުން ޖެނެރަލް ޑީޑީގެ ޓްވީޓްގައި ވަނީ މައުމޫންގެ އަތު ލިޔުއްވުން ވަރަށް ރީތިކަން ފާހަގަކުރައްވައި، ތައުރީފް ކުރައްވާފައެވެ.

ޑީޑީގެ ޓްވިޓްގައި ވިދާޅުވީ ރައީސް މައުމޫން "އެ އުމުރުފުޅުގައިވެސް" އެހާ ރީތިކޮށް ލިޔުއްވުމަކީ ހައިރާން ކުރަނިވި ކަމެއްކަމަށެވެ.

މައުމޫން ވަނީ ޑީޑީ ކުރެއްވި ތައުރީފަށް ޝުކުރު އަދާކުރައްވައި ޓްވީޓެއްކުރައްވާފައެވެ. ރައީސް މައުމޫނަކީ އާއްމު ގޮތެއްގައި އެމަނިކުފާނަށް ހެޔޮ ބަސްފުޅުތައް ވިދާޅުވެ ޓްވީޓްކުރައްވާ ބޭފުޅުންގެ ބަސްފުޅުތަކަށް ވަރަށް ފަށުވި ރީތި އިބާރާތްތަކުން ޝުކުރުއަދާކުރަައްވާ ބޭފުޅެކެވެ.

ނަމަވެސް އެމަނިކުފާނަށް ތައުރީފް ކުރެއްވުމުގެ ނިޔަތުގައި ޑީޑީ ކުރެއްވި ޓްވީޓާއި އޭނާއަށް ޝުކުރު އަދާކުރައްވައި މައުމޫން ކުރެއްވި ޓްވީޓުގައި އެފަދަ ބަސްފުޅުތަކެއް ނެތެވެ. ދެތިން ވާހަކައެއް އޮތް އެ ޓްވީޓުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން މައުމުން ވިދާޅުވީ "ތެންކިއު" ނުވަތަ "ޝުކުރިއްޔާ" އެކަންޏެވެ. އެ ޓްވީޓްގައި ދެން ބާކީ އޮތީ އެންމެ އަޅައިގެން އަދި އެންމެ "ފައްކާ" ބައެވެ.

މައުމޫންގެ ޓްވީޓްގައި ޑީޑީއަށް ޝުކުރު އަދާކުރެއްވުމަށްފަހު "ތި އުމުރޭ" ވިދާޅުވެ ޑީޑީ ދެއްކެވި ވާހަކައިގެ މާނަައަކީ ކޮބައިތޯ ވަނީ ސުވާލު ކުރަށްވާފައެވެ. އަދި އެމަނިކުފާނުގެ އުމުރުފުޅަކީ "އެންމެ 85 އަހަރު" ކަމަށް ވިދާޅުވެ ވަރަށް މަޖާޒީ ގޮތެއްގައި ޑީޑީއަށް ރައްދު ދެއްވައި އެމަނިމުފާނުގެ ހިތްޕުޅުގެ ޒުވާންކަން ޑީޑީއަށް ހާމަމޮށްދެއްވިއެވެ.



ރައީސް މައުމޫންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑީޑީ ވަނީ މައުމޫންގެ އުމުރުފުޅުގެ އެހެން ގިނަ މީހުންނާ އަޅާ ބަލާއިރު އެމަނިމުފާނުގެ ހަރަކާތްތެރިކަން ފާހަގަކުރަށްވާފައެވެ. އެގޮތުން އެއުމުރުފުރާގެ ގިނަ މީހުންނަށް ހިނގާބިނގާވެ އުޅުމަކީ ދަތި ކަމެއްކަމާއި އަދި އެ އުމުރުގެ ގިނަ މީހުން އުޅެނީ މީހެއްގެ އެހީއާއެކު ނުވަތަ އޮންނަންޖެެހެނީ އެނދުގައިކަމަށްވެސް ޑީޑީ ވިދާޅުވެފައި ވެއެވެ.

ރައީސް މައުމޫންގެ މި މަޖާޒީ ޓްވީޓު ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. އަދި ރާއްޖޭގައި ރީތިކޮށް އަތުން ލިޔެ އުޅޭ ދޮށީ އުމުރުގެ ބޭފުޅުން އުޅޭކަން ޑީޑީއަށް ނޭނގޭކަމަށް ބައެއް މީހުން ބުންޏެވެ.

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު 1978 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުން، 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، 30 އަހަރުގެ މުއްދަތަކަށް އަދާކުރަައްވާފައެވެ. 3 ސިޔާސީ ޕާޓީ އުފެއްދެވި ރައީސް މައުމޫނަކީ ސިޔާސީ ކަންކަމުގައި މިހާރު މާބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް އުޅުއްވަނީ އިޖްތިމާއީ ކަންކަމާއި އިލްމީ މަސައްކަތްޕުޅުތަކުގައެވެ. އަދި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވައެވެ.

ރައީސް މައުމޫނު ފާހަގަވަނީ ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ސޯޝަލް މީޑިއާގައި މީހުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވައި، އެ މީހުންނާއެކު އުޅުއްވާ ބޭފުޅެއްގެ ގޮތުގައެެވެ. ވާހަކަ ދެއްކެވުމަށް ވަކި އުމުރެއް، ވަކި ގިންތިއެއްގެ ބޭފުޅަކަށް ބައްލަވައިގެން ތަފާތެއް ނުކުރައްވައެވެ. ހުރިހާ އެންމެންނާއިވެސް ވަރަށް ގާތްކޮށް ވާހަކަ ދައްކަވައެވެ.

ސޯޝަލް މީޑިއާގައި ގެންގުޅުއްވާ އެކައުންޓްތަކުން އެއީ އުމުރުފުޅުން މުސްކުޅިފުޅު ވެފައިވާ ބޭފުޅެއްކަމަށް ވިދާޅުވާނެ ޖާގައެއް ނުދެއްވާހާވެސް "އެކްޓިވް" އެވެ.

ކޯވިޑްގެ އާލާސްކަންފުޅާ ހޮސްޕިޓަލްގައި އޮންނެވިއިރުވެސް ހާލުކޮޅާއި ގުޅޭގޮތުން "އަޕްޑޭޓް"ތައް ބަރާބަރަށް ދެއްވިއެވެ. އެހެންކަމުން ރައީސް މައުމޫނާއި، އެމަނިކުފާނުގެ އުމުރުފުޅާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމުގެ ކުރިން "ބުނެވޭ" އެއްޗަކާއި މެދު ވިސްނާލުން މުހިއްމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން