އދ. މަހިބަދޫ ވޮލީކޯޓު އެޅުމަށް ބޭނުންވާ ސާމާނު ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ހަދިޔާ ކުރަށްވައިފިއެވެ.

މަހިބަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ވޮލީކޯޓަށް ބޭނުންވާ ތަކެތި އޮނަރަބަލް ޤާސިމް އިބްރާހިމް ހަދިޔާކުރަށްވާފައިވާ ކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ޞާލިޙް މިއަދު ވިދާޅުވީ، މަހިބަދޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީކޯޓް އެޅުމަށް ބޭނުންވާ ޓާރފާއި، ވޮލީޕޯސްޓް އަދި ލައިޓްޕޯސްޓްތައް އޮނަރަބަލް ޤާސިމް އިބްރާހީމް އެރަށަށް ހަދިޔާކުރަށްވާފައިވާ ކަމަށެވެ.

"މިއީ މަހިބަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވެދެއްވި ދީލަތި އެހީތެރިކަމެއްކަމާއި އެކަމަށްޓަކައި މަހިބަދޫ ކައުންސިލްގެ ނަމުގަޔާއި، މަހިބަދޫ ރައްޔިތުންގެ ނަމުގައި އޮނަރަބަލް ޤާސިމް އިބްރާހީމަށް ކައުންސިލްގެ ފަރާތުން ވަނީ ވަރަށްބޮޑަށް ޝުކުރުއަދާކުރައްވާފަ." އަލީ ޞާލިޙް ވިދާޅުވިއެވެ.



އޮނަރަބަލް ޤާސިމް އިބްރާހީމަކީ އިޖްތިމާޢީ ދާއިރާގައި ރާއްޖޭގެ ރައްޔިތުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންގެންދަވާ ބޭފުޅެކެވެ. އޭގެ އިތުރުން ރަށްރަށުގެ ޢުމްރާނީ ތަރައްޤީގައިވެސް އެމަނިކުފާނުގެ ޙިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު