ޞާދިރު ޢަލީދީދީ   13 އޭޕްރީލު 2023 - 16:43
ތަންދޫރީ ޗިކަން
ތަންދޫރީ ޗިކަން
ތަންދޫރީ ޗިކަން އަކީ ދެވެހިންގެެދުގައި ވަރަށް މަގުބޫލް އެކުމެކެވެ. އިންޑިޔާގެ މަޝްހޫރު ރެސިޕީ އަށް ކަމަށްވާ ތަންދޫރީ ޗިކަން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލުވެފައިވަނީ ބޮޑެތި ޕާޓީ ހަފްލާތަކާއި ތަފާތު މުނާސަބާތަކުގައެވެ.

މިއަދު ރޯދަވީލުމަށް ތަންދޫރީ ޗިކަންގެ ރަހަ ޢާއިލާގެ އެންމެނަށް ދައްކާލުން އެއީ ވަރަށް ރަނގަޅުކަމެކެވެ.

ބޭނުންވާ ތަކެތި:

1000ގ ނުވަތަ 1200ގ ކުކުޅެއް

1 މޭޒުމަތީ ސަމުސާ ހިމުންކޮށްފައި ހުރި ލޮނުމެދު

1 މޭޒުމަތީ ސައިސަމުސާ ހިމުންކޮށްފައި ހުރި އިނގުރު

1 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ ކޮރިއަންޑަރ ޕައުޑަރ

1 ސައިސަމުސާ މުގުރި ދިރި

1 ސައިސަމުސާ ގަރަމް މަސާލާ

2 ސައިސަމުސާ ޓިކަރ މަސާލާ

2 ސައިސަމުސާ ތަންދޫރީ މަސާލާ

2 ސައިސަމުސާ މުގުރި މިރުސް

8 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަރޓް

ލުނބޮލެއްގެ އެއްފަޅީގެ ހުތް

ލޮނު އަދި އަސޭމިރުސް ރަހަލާ ވަރަށް

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް ނުވަތަ ސަންފްލާރވަރ އޮއިލް

އޮރޮންޖު ކުލައިގެ ކާކުލަ (ބޭނުންފުޅުނަމަ)

ތައްޔާރުކުރާނެގޮތް:

އެންމެ ބޭނުންވާ ހުރިހާ ބާވަތެއް ތަރުތީބުކޮށް ބަހައްޓާށެވެ. ދެން މިކްސްޗަރަށް ހުރިހާބާވަތެއް އެޅުމަށްފަހު ކުދިކޮށް ހިމުންކޮށްލާށެވެ. ދެން ކުކުޅުގައި ރަނގަޅަށް މިކްސް ކުރި ބައި ރަނގަޅަށް އުނގުޅާލާށެވެ. އުނގުޅާނީ ކުކުޅުގެ ބޭރުގައި އާއި އެތެރޭގައިއެވެ. އެއަށްފަހު 3 ނޫނީ 4 ގަޑި އިރު ވަންދެން މެރިނޭޓް ކޮށްލަން ބަހައްޓާލާށެވެ. ދެން މެރިނޭޓް ހާއިރުވުމުން، އެ އަވަނަށްލައި 200 ޑިގްރީގައި އަވަން ޕްރީ ހީޓް ކުރުމަށްފަހު ކުކުޅު ރަނގަޅަށް ފިހެވެންދެން ބަހައްޓާލާށެވެ.

އާއްމުގޮތެއްގައި 25 ނޫނީ 30 މިނެޓާއި ދޭތެރޭ ބަހައްޓެމުން ކުކުޅު ކުޅުޅު އޮންނާނީ ބޭނުންވާ ވަރަށް ފިހެވިފައެވެ. ފިހުނު ކުކުޅު ފަރާޓާ އާދައިގެ ރޮށްޓާއެކުވެސް ކެވިދާނެވެ. ނަމވެސް ބައެއް މީހުންނަށް ބަތާއި އެކީގައި ކާލަންވެސް މިވަރެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން