މަރިޔަމް ލަމްޙާ ރަޝީދު   10 އޭޕްރީލު 2023 - 14:8
ރަވާ ޕިރިނީ
ރަވާ ޕިރިނީ
ޕިރިނީއަކީ ފޮނިބާވަތްތަކުގެ ތެރޭގައި ހިމެނޭ މަޑު ކެއުމުން އަނގަޔަށް ވިރިގެންދާފަދަ މީރު ލުއި ކެއުމެކެވެ.

ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަޤުބޫލު ޕިރިނީއަކީ ޕާޓީތަކާއި ތަފާތު ހަފްލާތަކުގެ ސުފުރާމަތި ފަޅުފިލުވާލަދޭ ފޮނިކާތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގަދަޔަށް ހިނގާ އަދި އެންމެ އަވަހަށް ހުސްވާ ބާވަތެވެ..

އެހެންކަމުން، ރޯދަ މަހުގައި ފޮނި ބާވަތެއްގެ ގޮތުގައި ސުފުރާމައްޗަށް އަރުވާލަން ރަވާ ޕިރިނީ ކިހިނެތް ވާނެތޯއެވެ؟ މިއަދު މީގެ އަޖުމަބަލާލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

½ ޖޯޑު ސެމޮލިނާ (ރަވާ)

1 ޖޯޑު ފުލް ކްރީމް ކިރު

1 ދަޅު ގެރިކިރު

2 ޖޯޑު ފެން

¼ ޖޯޑު ހަކުރު

6 އިންޗީގެ ރާނބާފަތް ކޮޅެއް

1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

ތައްޔާރު ކުރާނެގޮތް:

ރަވާ، ފުލް ކްރީމް ކިރު، ރާނބާފަތް އަދި ހަކުރު ތެއްޔަކަށް އަޅާށެވެ. އަދި އެއްކުރަމުން މަޑު ގިނީގައި ކައްކާށެވެ. ދެން އޮލަވުމުން ރާބާފަތް ނަގައި އުކާލާށެވެ. އެއަށްފަހު ގެރިކިރު އަޅާއި އެއްކުރަމުން ގެންދާށެވެ. އަދި 5 ވަރަކަށް މިނެޓު މިހެން ކެއްކުމަށްފަހު ޓްރޭއަކަށް އޮއްސާލާށެވެ. ދެން ފޮނިތޮށި ކާފޫރުތޮޅި ފުރޭންޏެއް ބޭނުންކޮށްގެން ޓްރޭގެ ހުރިހާ ހިސާބަކަށް ދާނެހެން އަޅާށެވެ. އަދި ފިނިކުރުމަށް އައިސްއަލަމާރިއަށްލާށެވެ. އޭރުން ޕިރިނީ ތައްޔާރުވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން